ބީއެމްއެލްއިން ގެދޮރު ގަންނަ ފަރާތްތަކަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހޯމް ޕަރޗޭސް ލޯން އަދި ހޯމް ޕަރޗޭސް ފައިނޭންސިންގ އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްފިއެވެ. އެގޮތ...

01 Aug 2023 | 09:11

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހޯމް ޕަރޗޭސް ލޯން އަދި ހޯމް ޕަރޗޭސް ފައިނޭންސިންގ އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްފިއެވެ.

އެގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ 2021 ވަނަ އަހަރު އެ ބޭންކުގެ ހޯމް ލޯން އަދި ފައިނޭންސިންގ ރޭޓް %9 އަށް ދަށްކުރި ކަމަށެވެ.

"މިއީ ރާއްޖޭގައި ހޯމް ލޯން ދޫކުރާ އެންމެ ކުޑަ ރޭޓް. މިއަދު މި ގެނެވުނު ބަދަލާއެކު، ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އަދި 24 މަހަށް ގްރޭސް ޕީރިއަޑް އިތުރުވުމުން ގެދޮރު ގަންނަ ފަރާތްތަތަކަށް ފައިދާކުރާނެ" އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް ގެ ހޯމް ޕަރޗޭސް ލޯނާއި ބީއެމްއެލް އިސްލާމިކް ހޯމް ޕަރޗޭސް ފައިނޭންސިންގ ދޫކުރަނީ 20 ޕަސެންޓް އިކުއިޓީ އާއެކު 9 ޕަސެންޓް އިންޓްރެސް ރޭޓުގައެވެ. މިހާރު ގެދޮރު ގަނެފައިވާ ފަރާތްތަކަށް އިތުރު ޕްރޮޕަޓީއެއް ގަތުމަށްވެސް މި ފެސިލިޓީ ބޭނުންކުރެވިދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

1އޮގަސްޓް 2023 އިން ފެށިގެން ލިބޭ ލޯން އެޕްލިކޭޝަންތަކަށް އަލަށް މިކަނޑައެޅުނު ބަދަލުތަކަށް އަމަލުކުރަމުންދާނެ ކަމުގައިވެސް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލް ހޯމް ޕަރޗޭސް ލޯނާއި ގުޅޭ އިތުރު މައުލޫމާތު

https://www.bankofmaldives.com.mv/personal/borrow/home-purchase-loan

ބީއެމްއެލް އިސްލާމިކް ހޯމް ޕަރޗޭސް ފައިނޭންސިންގ އާ ގުޅޭ އިތުރު މައުލޫމާތު

https://www.bankofmaldives.com.mv/islamic/financing-products/home-purchase-financing

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް