ށ. މިލަންދޫ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައިވާކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން މިކަން ހާމަކޮށްފައިވާއިރު އެ ރަށާއި ރ. ހުޅުދުއްފާރާއި ނ. ވެލިދޫގައި ތާރު އަޅަންފަށަން ތައްޔާރުވެފައިވާކަމުގައި މީގެ ތިން މަސް ކުރިން އާރްޑީސީން ބުނެފައިވެއެވެ.
ހައުސިން މިނިސްޓްރީން މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވާއިރު މި މަޝްރޫއުގެ ދަށުގެ އެ ރަށުގެ އަށް މަގެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ ރަށުގެ 6.15 ކިލޯމީޓަރުގެ މަގު ހަދާނެއެވެ. މި މަޝްރޫއު ހަވާލުކުރެވުނީ މާރޗް މަހުގެ 12 ވަނަ ދުވަހުއެވެ.
ދައުލަތުގެ ބަޖެޓުން 156.4 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 520 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އާރްޑީސީއާއި ހަވާލުކޮށްފައިވާ ޕްރޮޖެކްޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް