މިއަދަކީ 'ގަރލްފްރެންޑް' ދުވަހެވެ.
އޯގަސްޓް މަހުގެ ފުރަތަމަ ދުވަހަކީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި 'ގަރލްފްރެންޑް ޑޭ' ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މި ދުވަސް އާއްމުކޮށް ފާހަގަ ކުރަނީ ވަރަށް ލޯބިން އެކިގައި އުޅޭ ބިޓުންނެވެ. އެއީ ހަޔާތަށް އުފާވެރިކަމާއި ލޯބި ގެނެސްދޭ އަންހެން ކުއްޖާގެ އަގު ވަޒަން ކުރުމަށެވެ. އަދި ލޯބީގެ ގުޅުމަށް އަންހެން ކުއްޖާ ދޭ ސަމާލުކަމާއި އެއްބާރުލުން ފާހަގަ ކުރުމަށެވެ.
ބައެއް ފިރިހެން ކުދިން މިދުވަހު ލޯބިވާ އަންހެން ކުއްޖާއަށް ހާއްސަކޮށް ހިތައެވެ. އަދި ސަޕްރައިޒް ދިނުން ފަދަ ކަންތައްތައް ކުރިއަށް ގެންދެއެވެ.
މި ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރެވެން ފެށި ގޮތާއި މިކަމުގެ މޭސްތިރިން ތާރީހުގައި ފެންނާކަށް ފެނެތެ. ނުވަތަ ފާހަގަ ކުރެވޭކަށް ނެތެވެ. ސަބަބަކީ މިއީ ސޯޝަލް މީޑިޔާގެ ޒަރިއްޔާއިން އާއްމުވި ދުވަހަކަށް ވާތީއެވެ.
މި ދުވަސް ފާހަގަ ކުރަން ފެށީ ލޯބިން އުޅޭ ދެމީހުން، އެމީހުންގެ 'ރޮމޭންޓިކް' ބައިވެރިޔާއަށް ހާއްސަކަމެއް އިހުސާސް ކޮށްދިނުމަށެވެ.
ކޮންމެ އަހަރަކު ފާހަގަ ކުރާ މި ދުވަހުގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމާއި ލޯބި އިތުރުވެގެން ދާކަމަށް ބައެއް މީހުން ބުނެއެވެ. ސަބަބަކީ އެދުވަހު ހާއްސަކަމެއް ދީގެން ވަކިން ލޯބިން އުޅުމާއި ހަދިޔާ ބަދަލުކުރުން ފަދަ ހާއްސަ ކަންކަން ކުރާތީއެވެ.
މިއީ ލޯބީގެ ގޮތުން ފާހަގަ ކުރާ ދުވަހެއް ނަމަވެސް، ބައެއް މީހުން އެންމެ ގާތް އަންހެން އެކުވެރިޔާ ނުވަތަ 'ސޯލްމޭޓް' އާ އޮންނަ ގުޅުންވެސް މި ދުވަހު ފާހަގަ ކުރެއެވެ.
މި ދުވަސް ފާހަގަ ކުރަން ވަކި ގޮތްތަކެއް ނޯވެއެވެ. އެމީހަކަށްނ ނުވަތަ އެ ބަޔަކަށް ފަސޭހަ ގޮތަކަށް ލޯތްބާއި އަޅާލުން ދީގެން މި ދުވަސް ފާހަގަ ކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް