ލުބުނާނުގެ މަޝްހޫރު ޝެފެއް ގަރުދިޔައާއި ބަތް ކެއްކި ވީޑިއޯއަކަށް ބޮޑު ސަމާލުކަމެއް !

ލުބުނާނުގެ މަޝްހޫރު ޓިކްޓޮކް ޝެފެއް ގަރުދިޔައާއި ބަތް ކެއްކި ވީޑިއޯއަކަށް ބޮޑު ސަމާލުކަމެއް ލިބިގެންގޮސްފިއެވެ. ގަރުދިޔައާއި ބަތް ކައްކާފައި ވަނީ އަބީރު އަލް ސަގިރްއެވެ. ފޭސްބުކްގައި މިލިއަން ފޮލޯވަރު...

01 Aug 2023 | 04:22

ލުބުނާނުގެ މަޝްހޫރު ޓިކްޓޮކް ޝެފެއް ގަރުދިޔައާއި ބަތް ކެއްކި ވީޑިއޯއަކަށް ބޮޑު ސަމާލުކަމެއް ލިބިގެންގޮސްފިއެވެ.

ގަރުދިޔައާއި ބަތް ކައްކާފައި ވަނީ އަބީރު އަލް ސަގިރްއެވެ.

ފޭސްބުކްގައި މިލިއަން ފޮލޯވަރުން ގެންގުޅޭ ސަގިރް އެކި ގައުމުތަކުގެ މަޝްހޫރު ކެއުން ކައްކާތަން ވީޑިއޯ ކުރުމަށްފަހު އަޕްލޯޑް ކުރެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ކެއުމަކަށް އޭނާ ކައްކާފައި ވަނީ ގަރުދިޔައާއި ބަތް އަދި ފިހެފައިވާ މަހެވެ.

ކެއްކުމުގެ ވީޑިއޯ ގެނެސްދިންއިރު އެ ވީޑިއޯއަށް ލާފައި ވަނީ މަޝްހޫރު ދިވެހި ބޮޑުބެރު ލަވަ "ބާރަށް ދުއްވާ"އެވެ. ކެއްކުމުގެ ތެރޭގައި ސަގިރް މަޑުމަޑުން އެލަވަ ކިޔާތަންވެސް ފެނެއެވެ.

ގަރުދިޔައާއި ބަތާއެކު ކެއުމަށް ލުނބޮޔާއި މިރުހާއި ފިޔާވެސް ތައްޔާރު ކޮށްފައި ހުއްޓެވެ.

އަދި ކާތަކެތި ތައްޔާރުކޮށް ނިމުމުން ދިވެހި ދިދައެއް ވިހުރާލައި، ޑިޝްއަށް ދިދަ ޖަހާތަން ފެނެއެވެ.

ވީޑިއޯ ފޭސްބުކްގައި ހިއްސާކުރިތާ ހަތަރު ގަޑިއިރު ވީއިރު63 ހާސް މީހުން ވަނީ ވީޑީއޯ ބަލާފައެވެ. އެ ވީޑިއޯއަށް ކޮމެންޓް ކުރި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިންވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް