ފަރުޟު ފަސް ނަމާދު ކުރާ 'ސޭލްސް ބޯއީ' ހޯދުމަށް މާލޭގެ ފިހާރައަކުން އިއުލާނު ކޮށްފިއެވެ.
މި އިއުލާނު ކޮށްފައި ވަނީ 'ބަނޫން ސްޕޯޓްސް' ގެ ފަރާތުންނެވެ.
އެ ފިހާރައިން ކުރި އިއުލާނެއްގައި ބުނީ، ޕާޓް ޓައިމްކޮށް ވަޒީފާ އަދާކުރާނެ ހަތަރު ފިރިހެނުން ހޯދާ ކަމަށެވެ.
އެމީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ، ފަސް ވަގުތު ނަމާދު ކުރާ މީހެއް ކަމުގައި ވުމާއި ދުންފަތުގެ އިސްތިއުމާލު ނުކުރާ ފަރާތެއް ކަމުގައި ވުމެވެ.
މި ވަޒީފާއަށް އެދި ހުށަހަޅަން ޖެހެނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު2:00ގެ ކުރިންނެވެ.
މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ޝަރުތުތައް ހިމަނައިގެން ވަޒީފާގެ ފުރުސަތު ހުޅުވާލި ތަފާތު ފިހާރައެކެވެ. އާއްމުގޮތެއްގައި ވަޒީފާތަކަށް ވަނުމަށް ތައުލީމީ ސެޓްފިކެޓްތައް ބޭނުންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް