ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 126 މައްސަލަ، ޖޫން މަހު މިނިސްޓްރީއަށް!

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 126 މައްސަލަ މިދިޔަ ޖޫން މަހު ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިބާވަތުގެ މައްސަ...

01 Aug 2022 | 18:22

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 126 މައްސަލަ މިދިޔަ ޖޫން މަހު ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން އިހުމާލުވުމުގެ 28 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 27 މައްސަލައާއި ނަފްސާނީ ހާނިކައިގެ 26 މައްސަލައާއި ޖިންސީ ހާނިކައިގެ 24 މައްސަލައާއި ޖިސްމާނީ ހާނިކައިގެ 16 މައްސަލަ ވެސް މިދިޔަ ޖޫން މަހު ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

ހަމަމިއާއެކު އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ،އާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ މައްސަލައަކާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާ އަށް ބޭނުންކުރުމުގެ މައްސަލައަކާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ މައްސަލައެއް ވެސް މި ކެޓަގަރީން ހުށަހަޅާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް