ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 10 މުވައްޒަފުންގެ ވަފުދެއް އިންޑިއާ އަށް ފުރައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 10 މުވައްޒަފުންގެ ވަފުދެއް އިންޑިއާ އަށް ފުރައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ 10 ބޭފުޅުން ހިމެނޭ ވަފްދެއް އިންޑިއާގެ ނިއުދިއްލީއަށް ފުރާފައިވަނީ މިރޭ...

01 Aug 2022 | 17:11

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 10 މުވައްޒަފުންގެ ވަފުދެއް އިންޑިއާ އަށް ފުރައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ 10 ބޭފުޅުން ހިމެނޭ ވަފްދެއް އިންޑިއާގެ ނިއުދިއްލީއަށް ފުރާފައިވަނީ މިރޭ ކަމަށެވެ.

މިއީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް ލޯކް ސަބާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަޖުރިބާ ބަދަލުކޮށް ދެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ދެނެގަނެ، މަޢުލޫމާތު ހޯދުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މަޖިލިސް އިދާރާއިން ބުނީ މި ދަތުރުގައި ބައިވެރިވަޑައިގަންނަވަނީ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވާ ޕާލަމެންޓަރީ ސަރވިސްގެ 10 ބޭފުޅުން ކަމަށާއި އޭގެ ތެރޭގައި އެކި ސެކްޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނޭ ކަމަށެވެ.

އޯގަސްޓް 1 އިން 6 އަށް މަޖިލީހުގެ ވަފްދުން ނިއުދިއްލީއަށް ކުރާ ދަތުރުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވާ މަސައްކަތް ކުރާގޮތް ބައްލަވާ ލައްވާ މައުލޫމާތު ހޯއްދަވާނެ ކަމަށް ވެސް މަޖިލިސް އިދާރާ އިން ބުނެއެވެ.

މިއީ 2019 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ދަތުރުކުރާ ދެ ވަނަ ވަފްދެވެ. ފުރަތަމަ ވަފްދު ނިއުދިއްލީއަށް ދިޔައީ 2020 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް