ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ ހެޑަށް، އަންޑަރ ސެކްރެޓަރީ މުހައްމަދު ހިސާން އަލީ ފަހްމީ ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ފޮރިން ރިލޭޝަން ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ހޫދު ވިދާޅުވީ އެ އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ދެން މަސައްކަތްކުރައްވާނީ ހިސާން ކަމަށެވެ.
ރައީސް އޮފީހުގެ ފޮރިން ރިލޭޝަން ޑިޕާޓްމަންޓުގެ ހެޑް މަގާމު ހޫދު ފުރުއްވަމުން ގެންދެވީ 2018 ވަނަ އަހަރުން ފެށިގެންނެވެ.
މުހައްމަދު ހިސާން އަލީ ފަހްމީ ވަނީ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޔުނިވަރސިޓީން މާކެޓިންގ އެންޑް އިންޓަރނޭޝަނަލް ބިޒްނަސްގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައެވެ. އޭނާ ވަނީ މުވާސަލާތީ ކުންފުނި ދިރާގުގެ މާކެޓިންގ ޑިޕާޓްމަންޓްގައި ވެސް މަސައްކަތް ކުރައްވާފައެވެ.
އޭނާ ރައީސް އޮފީހާ ގުޅިވަޑައިގަތީ 2019 ގައެވެ.
ފޮރިން ރިލޭޝަން ޑިޕާޓްމަންޓްގެ ހެޑުގެ ގޮތުގައި މިހާރު ހުންނެވި ހޫދު ވަނީ މީގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނު ކަން ވެސް ކުރައްވާފައެވެ.
ރައީސް އޮފީހުގެ މިހާރުގެ ތަރުޖަމާނަކީ މުހައްމަދު މަބްރޫކް އަޒީޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް