ބެކްޓު ސްކޫލް ޕްރޮމޯޝަން އެސްޓީއޯއިން މިއަދު ފަށައިފިއެވެ.
ސްކޫލް ތަކުގެ ދިރާސީ އައު އަހަރާއި ގުޅުވައިގެން ކުރިޔައްގެންދާ މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މި އޮގަސްޓް މަހުގެ 31 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ވެސް ކުރިޔައްދާއިރު، ކިޔަވާކުދިން އަދި އާންމުންގެ ތެރޭގައި މަގުބޫލު ޑެވޮންޑޭލް ކިރާއި އެސްޓީއޯއިން އިމްޕޯޓްކޮށް ވިއްކާ ހެޕީ ކައު ޗީޒް އަދި އައި ވީ ކިރު ބައްލަވައިގަނެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
މިގޮތުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ޑެވޮންޑޭލް، ހެޕީ ކައު ޗީޒް، އަދި އައި ވީ ކިރު ބައްލަވައި ގަންނަފަރާތްތަކަށް ކޮންމެ ވިޔަފާރިއަކަށް ކޫޕްންއެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިން އަދި ހޯލްސޭލް ތިން ނަސީބުވެރިން ހޮވާނެއެވެ.
ރީޓެއިލްގެ ތިންވަނަ ނަސީބުވެރިޔާއަށް 1500 ރުފިޔާގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗަރއެއް، ދެވަނަ ނަސީބުވެރިޔާއަށް 2500 ރުފިޔާގެ ޕީކަބޫ ގިފްޓް ވައުޗަރއެއް އަދި އެއްވަނަ ނަސީބުވެރިޔާއަށް 5000 ރުފިޔާގެ ޕީކަބޫ ގިފްޓު ވައުޗާއެއް ލިބިލައްވާނެއެވެ.
ހޯލްސޭލް ގެ ތިންވަނަ ނަސީބުވެރިޔާއަށް ލިބިލައްވާނީ ރަސަލް ހޮބްސެގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަނެކެވެ. ދެވަނަ ނަސީބުވެރިޔާއަށް ލިބިލައްވާނީ ރަސަލް ހޮބްސެގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަން ގެ އިތުރުން ހަމަ މި ބްރޭޑްގެ ޕްރެޝަރ ކުކަރ އެކެވެ. އެއްވަނަ ނަސީބުވެރިޔާއަށް ލިބިލައްވާނީ 327ލ ގެ ޗެސްޓް ފްރީޒާ އެކެވެ.
މީގެ އިތުރުން ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް 1ލީޓަރ ކިރު ޕެކެޓް އަދި ބައްލަވައި ގަންނަވާ ކޮންމެ ހިކި ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ކަޕެއް ލިބިލައްވާނެއެވެ. މި ކަޕަކީ ލިމިޓެޑް އެޑިޝަން ކަޕް ތަކެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް