އުރީދޫއިން ދިވެހިންނާއެކު 17 އަހަރު - 5ޖީ ނެޓްވޯކް ގްރޭޓަރ މާލެއަށް ފުޅާކޮށްފި

އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ތައާރަފްކޮށްފައިވާ 5ޖީ ނެޓްވޯކް ގްރޭޓަރ މާލެއަށް ފުޅާކޮށްފިއެވެ. މި ޚިދުމަތް ފުޅާކޮށްފައި މިވަނީ މިއީ އުރީދޫގެ ތަސައްވުރާ އެއްގޮތުގެމަތިން، ހައި ސްޕީޑް އިންޓަރނެޓް ހެ...

01 Aug 2022 | 08:58

އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ތައާރަފްކޮށްފައިވާ 5ޖީ ނެޓްވޯކް ގްރޭޓަރ މާލެއަށް ފުޅާކޮށްފިއެވެ.

މި ޚިދުމަތް ފުޅާކޮށްފައި މިވަނީ މިއީ އުރީދޫގެ ތަސައްވުރާ އެއްގޮތުގެމަތިން، ހައި ސްޕީޑް އިންޓަރނެޓް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ފެށުނީއްސުރެ ކުރަމުން އަންނަ ގިނަގުނަ މަސައްކަތުގެ ދަށުންނެވެ.

އުރީދޫގެ 17 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، އެ ކުންފުނީގެ ކަސްޓަމަރުންނަށް މިހާރުމިވަނީ މާލެ، ވިލިމާލެ ހުޅުމާލެ ފޭސް 1 އަދި ހުޅުލެއަށް 5ޖީގެ ހަލުވި ސްޕީޑް ގެ ޚިދުމަތް ފުޅާކޮށްފައެވެ.

އުރީދޫ 5ޖީ ނެޓްވޯކަށް މި ގެނެވުނު އަޕްގްރޭޑް އިއުލާނުކޮށްފައިވަނީ އުރީދޫއިން ރާއްޖޭގައި ޚިދުމަތް ދޭތާ 17 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މީރުމާގައި މިއަދު ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ.

ހަމަ އެއާއެކު 5ޖީގެ ހަލުވި ސްޕީޑް ތައް ތަޖުރިބާކޮށްލުމަށް 5ޖީ މޮބައިލް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ޚާއްސަ އޮފަރތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި ސުޕަރނެޓް އެއަރފައިބަރ 5ޖީ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް މަހުގެ އެލަވަންސް ބޭނުންކުރުމަށް ފަހުވެސް 5އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑް ލިބިގެންދާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އަދުގެ ޑިޖިޓަލް ޒަމާނުގައި، ޓެކްނޮލޮޖީ ކުރިއަރަމުން އަންނަނީ ހީވެސް ނުކުރާފަދަ ހަލުވި ސްޕީޑެއްގައި ކަމަށާއި ހައިޓެކް ޚިދުމަތްތައް ބޭނުންކުރުމަށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ދަށް ލޭޓަންސީގައި ހަލުވު ސްޕީޑު ބޭނުންވާ ކަމަށެވެ.

"އުރީދޫ މޯލްޑިވްސް އިން 5ޖީ ގެ ޚިދުމަތް އެންމެ ފުރަތަމަ ތައާރަފްކުރީ އުރީދޫ އެއަރފައިބަރ މެދުވެރިކޮށެވެ. މިއަދު އަޅުގަނޑުމެން ދިވެހިންގެ ޚިދުމަތުގައި 17 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ގްރޭޓަރ މާލެއަށް އަޅުގަނޑުމެންގެ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް 5ޖީގެ ހަލުވި ސްޕީޑްތަކާއެކު މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަރނެޓްގެ ޚިދުމަތް ކަށަވަރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

ބޮޑެތި ޑޭޓާ އެލަވަންސާއެކު އުރީދޫ 5ޖީ ކަސްޓަމަރުންނަށް ތަޢާރަފްކުރި މޮބައިލް ޑޭޓާ އޮފަރ ތެރޭގައި:

- އުރީދޫ ޕްރީޕެއިޑް، އާޗާ ޕްރީޕެއިޑް އަދި މަގޭ ޕްލޭން މެދުވެރިކޮށް، 5ޖީގެ ހަލުވި ސްޕީޑް ތައް ތަޖުރިބާކޮށްލުމަށް ޑަބަލް ޑޭޓާ ބޯނަސް އާއި އެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ 5ޖީ ޕްލޭންތަކެއް.

ޕެކޭޖް އަގު (ރުފިޔާ) ޕެކޭޖް އެލަވަންސް (ޖީބީ) ޕެކޭޖް އެލަވަންސް (ޖީބީ) ވެލިޑިޓީ
5ޖީ އާޗާ ޕްރިޕެއިޑް 500ރ ދުވާލަކަށް 1ޖީބީ ދުވާލަކަށް 1ޖީބީ 30 ދުވަސް
5ޖީ މަގޭ ޕްރިޕެއިޑް 500ރ 30ޖީބީ 30ޖީބީ 30 ދުވަސް
5ޖީ އާޗާ ޕްރިޕެއިޑް 750ރ ދުވާލަކަށް 2ޖީބީ ދުވާލަކަށް 2ޖީބީ 30 ދުވަސް
5ޖީ މަގޭ ޕްރިޕެއިޑް 500ރ 60ޖީބީ 60ޖީބީ 30 ދުވަސް

5ޖީ ކަސްޓަމަރުންނަށް ރަނގަޅު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އުރީދޫ ޕޯސްޓްޕެއިޑް 800 އާއި މަތީގެ ޕްލޭންތައް ގެންގުޅުއްވާ ފަރާތްތަކަށް ދެ ގުނަ ބޯނަސް ޑޭޓާ.

ކަސްޓަމަރުންގެ ބަދަލުވަމުންދާ މުއާސަލާތީ ބޭނުންތަކަށް އެކަށޭނެ ހައްލުތަކެއް ފޯރުކޮށްދިނުމަށް، އުރީދޫ އަކީ ރާއްޖޭގެ އެންމެހާ ރަށްތަކަށް 4ޖީ+ ފޯރުކޮށްދިން ފުރަތަމަ އޮޕރޭޓަރ އެވެ. ހަމައެއާއި އެކު، އުރީދޫ އިން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވަރކ ފުލް އައި.ޕީ އަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަގަޅުކޮށްދީފައެވެ.

ހަމަ އެފަދައިން އުރީދޫ މޯލްޑިވްސް އަކީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު 5ޖީ ސްޕެކްޓްރަމް ލައިސަންސް ލިބުނު ފުރަތަމަ އުރީދޫ ކުންފުނިވެސް މެ އެވެ. އުރީދޫ މޯލްޑިވްސްއިން 5ޖީ އެއަރފައިބަރ – ރާއްޖޭގެ ފުރަތަމަ 5ޖީ ބޯރޯޑްބޭންޑް ޙިދުމަތް ތައާރަފް ވެގެން ދިއައީ ޑިޖިޓަލް މޯލްޑިވްސް އެއް ބީނާކުރުމަށް އަޅުގަނޑުމެން މިކުރާ ދަތުރަށް ލިބިގެންދިޔަ ވަރަށް ބޮދު ކާމިޔާބީއެކެވެ. މިއަދު އުރީދޫ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު މިވަނީ އިތުރަށް ހުޅުވިގެންގޮސްފައެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް، ޑިޖިޓަލް ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދިނުމުގައި އުރީދޫއިން ދެމިތިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް