މޫސުމަށް ސަމާލުވޭ: އުތުރާއި މެދުރާއްޖެ ތެރެއަށް ކަނޑާއި ވައި ގަދަ، ރީނދޫ އެލާޓުގައި

އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ކަނޑާއި ވައި ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ. މެޓް އޮފީހުން ވަނީ ހއ. އަތޮޅުން އދ އަތޮޅާއި ދެމެދަށް ރީނދޫ އެލާޓު ނެރެފަ އެވެ. އެލާޓު ނެރެފައ...

01 Aug 2022 | 05:13

އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ކަނޑާއި ވައި ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން އދ އަތޮޅާއި ދެމެދަށް ރީނދޫ އެލާޓު ނެރެފަ އެވެ. އެލާޓު ނެރެފައިވަނީ ހެނދުނު 10:00 ން މެންދުރު ފަހު 2:00 އާއި ހަމަ އަށެވެ.

މި ވަގުތުތަކުގައި އެ ސަރަހައްދަށް އާންމުކޮށް ވައިޖެހޭނެ ކަމަށް ލަފާ ކުރަނ ީ25 މޭލާއި30 މޭލާއި ދެމެދުގެ ބާރުމިނުގައި އެވެ. ވިލާގަނޑުގައި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް