އިންގްލެންޑުން ފުރަތަމަ ފަހަރަށް ޔޫރޯ މުބާރާތް ކާމިޔާބުކޮށްފި

އަންހެން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑުން ހޯދީ ފައިނަލްގައި 1-2 އިން ޖަރުމަނު ބަލިކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް...

01 Aug 2022 | 04:38

އަންހެން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑުން ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑުން ހޯދީ ފައިނަލްގައި 1-2 އިން ޖަރުމަނު ބަލިކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ކުޚުން ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ.

ދެވަނަ ހާފަށް ކުޅެން ނިކުމެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ އިންގްކެންޑުންނެވެ. އެ ޓީމުން މެޗުގައި ލީޑު ނެގި ލަނޑު ޖެހީ މެޗުގެ 62 ވަނަ މިނެޓުގައެވެ. މި ކަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެލާ ޓޫންއެވެ. މެޗުގެ 79 ވަނަ މިނެޓުގައި ޖަރުމަނުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ޖަރުމަނަށް ނަތީޖާ އެއްވަރު ކޮށްދިން މި ލަނޑު ޖަހައިދިނީ ލީނާ މެގުލްއެވެ.

ފުރިހަމަ ވަގުތު ހަމަވީއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފް ވަނީ ކުޅެފައެވެ. މި މެޗުން މޮޅުވި ލަނޑު އިންގްލެންޑުން ޖެހީ އިތުރު ވަގުތުގެ 110 ވަނަ މިނެޓުގައެވެ. އިންގްލެންޑު މޮޅު ކޮށްދިން މި ލަނޑު ޖެހީ ކްލޯއީ ކެލީއެވެ.

ޖަރުމަން ބަލިކޮށް މުބާރާތުގެ ތަށި އިންގްލެންޑުން އުފުލާލިއިރު، އެޓީމުން މި މުބާރާތުގެ ތަށި އުފުލާލާފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް