ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ފުރަތަމަ ބުރުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްެޖެ އެވެ.
ޕީޕީއެމްއިން ވަނީ އެޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ރޭ ކަނޑައަޅާފަ އެވެ. އަދި އެކަން ޔާމީން ވަނީ ގަބޫލު ކުރައްވާފަ އެވެ.
އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތް اللہ ގެ ތަނަވަސް ރަޙުމަތްފުޅާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބް ޔާމީން ކާމިޔާބު ކުރައްވާނީ ފުރަތަމަ ބުރުން ކަމަށެވެ. އަދުރޭ ވިދާޅުވީ އެ މަނިކުފާނުގެ ޒަޢާމަތުގައި ދިވެހިން ދެކޭނީ މިނިވަން މުސްތަގިއްލު ސައްތައިންސައްތަ އިސްލާމީ ދައުލަތެއް ކަމަށެވެ.
އަދި ފުދުންތެރި އުފާ ފާގަތި އަމިއްލަ ވަންތަ ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ރައީސް ޔާމީން ނިންމެވި އިރު އެ މަނިކުފާނަށް ދައުވާކުރާ ތިން މައްސަލައެއް މިހާރު ވެސް ކޯޓުގައި އެބައޮތެވެ. އެ އިން އެއްވެސް މައްސަލައެއް ސާބިތުވެއްޖެ ނަމަ ޔާމީނަށް ވެރިކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް