ފްރާންސް ލީގުގެ ޗެމްޕިއަނުންނާއި ފްރާންސް ކަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ޓްރޮފީ ޑެސް ޗެމްޕިއަންސް ނުވަތަ ޗެމްޕިއަން ޓްރޮފީގެ ޗެމްޕިއަންކަން ޕީއެސްޖީން ހޯދައިފިއެވެ.
ނަންޓެސް އާއި ދެކޮޅަށް އާދިއްތަ ދުވަހުގެރޭ ކުޅެވުނު މި ފައިނަލް މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 0-4 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޕީއެސްޖީގެ އިތުބާރު ފޯވާޑް ކީލިއަން އެމްބާޕޭ ކުޅެފައެއް ނުވެއެވެ.
މި މެޗުގައި ޕީއެސްޖީން ރަނގަޅުކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަަމަ ހާފުގައި އެޓީމުން ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު މެސީ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ނޭމާއެވެ.
މެޗުގެ ދެ ވަނަ ހާފުގެ ކުޅުން ފެށިގެންވެސް ރަނގަޅަށް ކުޅުނީ ޕީއެސްޖީންނެވެ. އެގޮތުން މެޗުގެ ތިންވަނަ ލަނޑު 57 ވަނަ މިނެޓުގައި އެޓީމުން ކާމިޔާބު ކުރިއެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ސާޖިއޯ ރާމޯސްއެވެ. ޕީއެސްޖީގެ ހަތަރު ވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި ނޭމާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މިއީ ޗެމްޕިއަން ޓްރޮފީ ޕީއެސްޖީން ކާމިޔާބު ކުރި 11 ވަނަ ފަހަރެވެ. އެންމެ ފަހުން މި ޓްރޮފީ ޕީއެސްޖީން ކާމިޔާބު ކުރީ 2020 ވަނަ އަހަރުގައެވެ. އެފަހަރު ޕީއެސްޖީން މި ޓްރޮފީ ކާމިޔާބު ކުރީ 1-2 އިން މާސޭ ބަލިކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް