މިއަދު ކޯވިޑް-19ށް ޕޮސިޓިވްވީ 115 މީހުން

ކޯވިޑް-19 އަށް އިތުރު 115 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 78 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 23 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ކޯވިޑް ޖެހިފައި...

01 Aug 2021 | 17:16

ކޯވިޑް-19 އަށް އިތުރު 115 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 78 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 23 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ 12 މީހުންނަށެވެ. ދެން ޕޮސިޓިވްވެފައިވަނީ ސަފާރީތަކުން ދެ މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،573 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،556 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 20 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 74،758 އަށް އަރާފައި އެވެ.

އަދި ބަލީގައި މިހާތަނަށް މަރުވެފައިވަނީ 221 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 77،547 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް