މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނަށް ހާޒިރުވާން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އަންގާފައިފި އެވެ.
މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވާކީލުން ޓީމުގައި ހިމެނިވަޑައިގެންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވަނީ އަންގާރަ ދުވަހު އެވެ.
ޑރ. ޖަމީލް ވިދާޅުވީ މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާވެރިވުމަށް ކަމަށެވެ. އަދި ވިދާޅުވީ މަރު ކޮމިޝަން ވެސް ކުއްލިއަކަށް ހޭލައިފި ކަމަށެވެ.
ކޮމިޝަން ފެއިލުވެ ރައްޔިތުން ސުވާލުކުރަން ފެށީމާ މިމީހުން ވެސް އައްޑަނައަކަށް ހަދާފައިވަނީ ރައީސް ޔާމީން ކަމަށް ޖަމީލް ވިދާޅުވި އެވެ.
https://twitter.com/MJameelAhmed/status/1421840833821626369
އެމަނިކުފާނު މަރު ކޮމިޝަނަށް ހާޒިރު ކުރަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް