މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފި

ކޮޕް26 ގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެންމެ އިސްކަންދޭ ކަންކަމާ ބެހޭގޮތުން ބައިނަލްއަޤް...

01 Aug 2021 | 15:33

ކޮޕް26 ގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެންމެ އިސްކަންދޭ ކަންކަމާ ބެހޭގޮތުން ބައިނަލްއަޤްވާމީ ޕާޓްނަރުންނާއެކު، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ސްރީލަންކާގައި ޤާއިމުވެތިބޭ ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކާއެކު ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ވަކިވަކިން ބޭއްވެވި މި ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައި ވަނީ ސްރީލަންކާގައެވެ. ކޮޕް26 ގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2021 ނޮވެންބަރު 1 އިން 12 އަށް އިނގިރޭސި ވިލާތުގެ ގްލަސްގޯގައެވެ.

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީނުގެ އަރިހުގައި މި ބައްދަލުކުރެއްވުން ތަކުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ވާ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ބައްދަލުކުރެއްވި ފަރާތްތަކުގެ ތެރޭގައި ނޭޕާލުގެ ޗާޖް ޑި އެފެއާރޒްއާއި ނެދަލެންޑް، އަފްޣާނިސްތާނު، ވިއެޓްނާމް، އެމެރިކާ، ކޮރެޔާ، ޖަރމަން، ފްރާސް، ސްވިޒަރލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި ޔޫރަޕިއަން ޔޫނިއަންގެ ޑެލިގޭޝަންގެ އިތުރުން ސްރީލަންކާގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ސެކްރެޓަރީ ޑޮކްޓަރ އަނިލް ޖާސިންގހޭ ހިމެނި ވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް