މީހަކަށް ގުޅައި އޮޅުވާލައިގެން 60،000 ރުފިޔާ އަތުލިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

މީހަކަށް ގުޅައި، މަކަރާއި ހީލަތުން 60،000 އަށް ވުރެ ގިނަ ރުފިޔާ އަތުލި މަސައްލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ. ފުލުހުން ހޯދަން އިއުލާނުކޮށްފައިވަނީ ހއ. ބާރަށް ކޭސީވިލާ އުމުރުން 36...

01 Aug 2021 | 11:49

މީހަކަށް ގުޅައި، މަކަރާއި ހީލަތުން 60،000 އަށް ވުރެ ގިނަ ރުފިޔާ އަތުލި މަސައްލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ހޯދަން އިއުލާނުކޮށްފައިވަނީ ހއ. ބާރަށް ކޭސީވިލާ އުމުރުން 36 އަހަރުގެ އިބްރާހިމް ރަޝީދެވެ.

ފުލުހުން ބުނީ އިބްރާހިމަކީ މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގިގެން ޗިޓު ރައްދުކުރެވިފައި ނުވާ މީހެއް ކަމަށެވެ. އެހެންވެ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާރިޒުވާން އޭނާ އަށް ވަނީ އަންގައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި މި މީހާ އަކީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު 7233204 ފޯނު ނަންބަރުން މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186.68 ރުފިޔާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.

ފުލުހުން މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް، އެކި ސްކޭމްތަކުން މަކަރާއި ހީލަތުން މީހުންގެ އަތުން 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވެ އެވެ. އަދި ސްކޭމް ކޯލްތައް ހިންގަން 800 އަށް ވުރެ ގިނަ ފޭކް ނަންބަރުތައް ބޭނުންކުރާ ކަމަށް ވެސް ބުންޏެވެ.

މި ނުބައި އަމަލު ހިންގަނީ ރާއްޖޭގެ ޖަލުތަކުގައި ތިބޭ ގައިދީންނާއި މުޖުތަމައުގެ ތެރެއިން ބަޔަކު ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް