މަލައިކާ އޭނާގެ ލޯބިވެރިޔާއަށް ވަރަށް ލޯތްބާއެކު ޕާސްތާ ކައްކައިދީފި!

މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރް އަކީ ދެމީހުންގެ ލޯބި ގުޅުން އަބަދުވެސް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަންނަ ޖޯޑެކެވެ. " ބައިނަލްއަޤވާމީ އެކުވެރި ކަމުގެ ދުވަސް" ފާހަގަ ކުރުމަށް މި ޖޯޑު ވަނީ މެނ...

01 Aug 2021 | 11:37

މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރް އަކީ ދެމީހުންގެ ލޯބި ގުޅުން އަބަދުވެސް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަންނަ ޖޯޑެކެވެ.

" ބައިނަލްއަޤވާމީ އެކުވެރި ކަމުގެ ދުވަސް" ފާހަގަ ކުރުމަށް މި ޖޯޑު ވަނީ މެންދުރުގެ ކެއުން އެކުގައި ނަގައިފައެވެ. މަލައިކާގެ ގޭގައި މެންދުރުގެ ކެއުން ތައްޔާރު ކުރި އިރު އޭނާ ވަނީ މި މީރު އަދި ފުރިހަމަ ކެއުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

މަލައިކާ ހިއްސާ ކޮށްފައިވާ ފޮޓޯގައި އޭނާ ގޭގެ ކާގޭގެ ފުރިހަމަ ކަމާއި ކާ މޭޒުގެ ރީތިކަން ފެނެއެވެ. ނަމަވެސް އެންމެންގެ ލޮލުގައި އަޅައިގަތީ މަލައިކާގެ ފޮޓޯ އޭނާގެ ލޯބިވެރިޔާ ހިއްސާކޮށްފައި ވުމުންނެވެ. މި ފޮޓޯގައި މަލައިކާ ލައިގެން އިން ހެދުންވެސް އެހާ ރީއްޗެވެ.

ފޮޓޯގެ ކެޕްޝަނަކަށް އަރްޖުން ޖަހާފައިވަނީ " ޕާސްތާ އާއި ތައްޔާރުކުރި މީހާ" މިހެންނެވެ. މީގެން ހާމަވަނީ ލޯބިވެރިޔާށް ކައްކައިދިނީ މަލައިކާ ކަމެވެ.

މަލައިކާވެސް ވަނީ އަރްޖުންގެ ފޮޓޯއެއް ހިއްސާ ކޮށްފައެވެ. އެ ފޮޓޯގައި އަރްޖުން އިންނަނީ މަލައިކާ ގޭގެ ސޯފާގައި ކުޑަދޮރުން ބޭރު ބަލާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް