ބޮލީވުޑްގައި އަންހެން ކުދިންގެ މެދުގައި މަޝްހޫރުވެފައިވާ ތަރި، އިމްރާން ހާޝްމީ މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޓައިގާ 3" އަށް ތައްޔާރުވަމުންނެވެ.
މިއަދު އިމްރާންގެ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯއަކީ ގިނަ އަންހެން ކުދިންގެ ހިތްތައް ފަތަހަ ކޮށްލާހާ ރީތި ފޮޓޯއެކެވެ.
ފޮޓޯގައި ކެޕްޝަނެއް ގޮތަށް އިމްރާން ޖަހައިފައިވަނީ " އަތުގެ ކަސްރަތު ކުރާ ދުވަސް" މިހެންނެވެ. އިމްރާންގެ ހަށިގަނޑަށް އަންނަ ބަދަލްތަކުން ފެންނަނީ އޭނާގެ ރޯލަށް ތައްޔާރުވުމަށް ވަމުން އަންނަ ގުރުބާނީއެވެ.
https://www.instagram.com/p/CSBZcSfjlLT/?utm_source=ig_embed&ig_rid=65aa6734-53f8-487d-ad93-bfa60b4e916f
އިމްރާންގެ މި ފޮޓޯއަށް އޭނާގެ ސަޕޯޓަރަކު ކޮށްފައިވާ ކޮމެންޓްގައި ބުނީ، ޓައިގާ 3 ބަލަން ކެތް ބަދުވެފައިވާ ކަމަށެވެ. އަދި އެހެން މީހަކުވަނީ އެމްރާންގެ ސިފައަކީ މަރުދޭ ކަހަލަ ސިފައެއް ކަމަށް ބުނެފައެވެ.
ތިންވަނަ ސަޕޯޓަރަކު ވަނީ ވަރަށް މަޖާ ކޮމެންޓެއްވެސް ކޮށްފައެވެ. އޭނާ ބުނީ މިފަހަރު ޓައިގާ 3 ގައި ސަލްމާން ޚާން ގައިގައި ރަނގަޅަށް ތަޅާލާނެ ކަމަށް ލަފާކުރާ ކަމަށް ބުނެފައެވެ.
މިފަހަރު ފިލްމުގައި އިމްރާންގެ އެކްޓިންގް ވަރަށް މޮޅުވާނެ ކަމަށް އުންމީދުކުރާ ކަމަށްބުނެ ވެސް މީހުން ކޮމެންޓް ކޮށްފައިވެއެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިމްރާން ވަނީ އޭނާގެ ކަސްރަތީ ހަށިގަނޑު ހުސްގަޔާ ހުރެ ދައްކާލައިފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ފޮޓޯއިންވެސް އެމްރާންގެ ރޯލަށް ފިޓު ވުމަށް ކުރަމުން އަންނަ މަސައްކަތްތައް ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.
ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް