ޖާންވީގެ ކައިވެނީގެ ޕްލޭން ވަރަށް ފުރިހަމަވެފަ ކުލަގަދަ، އިންނަން ބޭނުންވަނީ އާދައިގެ އިންސާނަކާ!

ބޮލީވުޑްގައި ކުރިއަރަމުން އަންނަ އެކްޓްރެސް ޖާންވީ ކަޕޫރު ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ޝާހިދު ކަޕޫރުގެ ކޮއްކޮ އަދި އެކްޓަރު އިޝާން ކައްކަރާއި އެވެ. އެ ދެމީހުންގެ ގުޅުން މާގިނަ ދުވަސް ނުވެ ޖާން...

01 Aug 2021 | 11:19

ބޮލީވުޑްގައި ކުރިއަރަމުން އަންނަ އެކްޓްރެސް ޖާންވީ ކަޕޫރު ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ޝާހިދު ކަޕޫރުގެ ކޮއްކޮ އަދި އެކްޓަރު އިޝާން ކައްކަރާއި އެވެ.

އެ ދެމީހުންގެ ގުޅުން މާގިނަ ދުވަސް ނުވެ ޖާންވީ ނިންމާލީ އިޝާންގެ އުނދަގޫ މާބޮޑުވެގެން ކަމަށް އޭނާގެ ގާތް މީހުން މީޑިއާގައި ބުނެފައިވެ އެވެ. ޖާންވީ ބޭނުންވަނީ ހަމަޖެހޭ ގުޅުމެއްގައި ކެެެރިއަރައިގެން ކުރިޔަށް ދާން ކަމަށްވާއިރު އިޝާން އަބަދު އުޅެނީ ދެމީހުން ބައްދަލުކޮށް މީހުންނަށް އެމަންޒަރު ދައްކާނެ ގޮތެއް ނޭނގިގެން ކަމަށްވެ އެވެ.

އަދި ޖާންވީ އިޝާން ދެކެ އެންމެ ރުޅިއަންނަ ކަމަށްވަނީ ފިލްމު ޝޫޓިން ކުރިޔަށްދާ ގަޑީގައި ސެޓަށް ގޮަސް ބަލަން އިނުމެވެ. އިޝާން އާއި ގުޅުން ކަނޑާލިފަހުން ޖާންވީ ލޯބިވެރިއަކު ހޯދި ކަމެއް މީޑިއާއަށް ތިލަވެފައެއް ނުވެ އެވެ. އޭގެ ކުރިން ވިޔަފާރިވެރިއެއްގެ ދަރިއަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށްވެ އެވެ.

ޖާންވީގެ ލޯބިވެރިއަކު ނެތަސް އޭނާގެ ކައިވެނީގެ ހުވަފެނަކީ މީޑިއާއަށް އެނގޭ ވާހަކައެކެވެ. އަދި ދާދި ފަހުން އޭނާ ވަނީ ކައިވެނީގެ ރަސްމިއްޔާތުތައް ކުރިޔަށް ދާނެ ގޮތް މިހާރުވެސް އަމިއްލައަށް ޕްލޭންކޮށް ނިންމާފައިވާ ކަމަށް ބުނެ ނޫހަކަށް އެ ވާހަކަ ކިޔައިދީފަ އެވެ.

ޖާންވީ ބުނީ އޭނާ ކައިވެނި ކުރަން ބޭނުންވަނީ ވަރަށް އާދައިގެ މަޝްހޫޫރު ނޫން އިންސާނަކާއި ކަމަށެވެ. އެކަމަކު އެފަދަ ހތްހަމަ ޖެހޭ މީހަކު އަދި ނުފެންނަ ކަމަށް ބުންޏެވެ.

ޖާންވީ ކައިވެނި ކުރުމުގެ ކުރިން ބާއްވާ ބެޗެލޮރޭޓް ޕާޓީ ބާއްވަން އޭނާ ނިންމާފައިވަނީ އިޓަލީގެ ކުޕްރީގެ ޔޮޓެއްގައި އެވެ. ކައިވެނި ކުރަން ބޭނުންވަނީ އިންޑިއާގެ އަންދްރަ ޕަރަދޭޝްގެ ތިރުޕަތީގައި ކަމަށް ބުނެފައިވެ އެވެ. ހިންދޫ ދީނުގެ ކައިވެނިތަކުގައި ބާއްވާ މެހެންދީ ރަސްމިއްޔާތު ބާއްވަން ބޭނުންވަނީ ޓަމިލްނާޑޫގެ މައިލަޕޫރުގައެވެ.

ޖާންވީގެ މެހެންދީ ރަސްމިއްޔާތު ބާއްވަން ބޭނުންވަނީ ގޭގައި ކަމަށް ބުނެފައިވާއިރު އޭނާ ނިސްބަތް ކުރާ ގެއައީި ޖާންވީގެ މަންމަ ސްރީދޭވީގެ ގެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސްރީދޭވީ އަކީ މައިލަޕޫރަށް ނިސްބަތްވާ މީހެކެވެ.

ޖާންވީ ބުނީ މާ ބޮޑުކޮށް ރަސްމިއްޔާތުތައް ބާއްވަން ބޭނުން ނުވާ ކަމަށެވެ. އޭނާގެ ހިތުގައި ކުރަން ރާވާ ވަފައި ހުރި ހުރިހާ ކަމަކާއި ކުރަންޖެހޭ ހުރިހާ ދަތުރެއް ދެ ދުވަސް ތެރޭގައި ނިމޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ޖާންވީ ވަނީ އޭނާ ކައިވެންނާއި ގުޅުން ހުރި އެކި ހަފްލާތަކުގައި ލާނެ ހެދުންތަކުގެ ބްރޭންޑާއި ކުލަވެސް ހިއްސާ ކޮށްފައި އެވެ.

ޖާންވީ ބޮލީވުޑަށް ތައާރަފުވީ 2018 ވަނަ އަހަރު ފިލްމު "ދަޑަކް" އިންނެވެ. އެންމެ ފަހުން އޭނާ ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ގުންޖަން ސަކްސޭނާ- ދަ ކަރްގިލް ގާލް" އިންނެވެ.

ޖާންވީގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެެރޭގައި "ގުޑްލަކް ޖެރީ" އަދި "ދޯސްތާނާ 2" ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް