ވެކްސިން ނުޖަހާ މީހުން ރާއްޖޭގެ ސްކޫލްތަކަށް ވަނުން މަނާ ކުރަން ނިންމައިފި

ކޯވިޑް-19 ވެކްސިން ނުޖަހާ މީހުންނަށް ރާއްޖޭގެ ސްކޫލްތަކަށް ވަނުން މަނާ ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ. މިއަދު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިފިޔަވަޅު އަޅަން ނި...

01 Aug 2021 | 10:22

ކޯވިޑް-19 ވެކްސިން ނުޖަހާ މީހުންނަށް ރާއްޖޭގެ ސްކޫލްތަކަށް ވަނުން މަނާ ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިފިޔަވަޅު އަޅަން ނިންމީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށާއި، ސުކޫލުތަކުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކަމަށެވެ. މި އުސޫލަށް އަމަލު ކުރަން ފަށާނީ ސެޕްޓެންބަރު އެއް ވަނަ ދުވަހުން ފެށިގެންނެވެ.

އެ މިނިސްޓްރީން ބުނީ ސްކޫލްތަކަށް ވަންނަން ޖެހޭ ފަރާތްތަކުން މި މަހުގެ ނިޔަލަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރާ ކަމަށެވެ. ސްކޫލްތަކަށް ވަދެވޭނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ނަމައެވެ.

އެޑިއުކޭޝަނުން ބުނީ މީގެ ތެރޭގައި ވެކްސިން ޖަހަން ނުޖެހޭ އުމުރުފުރާގެ ދަރިވަރުން އިސްތިސްނާ ވާނެ ކަމަށެވެ. މި އުސޫލަށް އަމަލު ކުރުމުގައި ބަލާނީ ރާއްޖޭގައި ވެކްސިން ޖެހުމަށް ކަނޑައަޅާފައިވާ އުމުރުފުރާގެ މީހުންނަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ބުނެފައިވާއިރު، ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުގެ މީހުންނަށް ވެކްސިން ދިނުމަށްޓަކައި ހާއްސަ ކެމްޕޭނެއް މިހާރު ވަނީ ފަށާފައެވެ. އެ ކެމްޕޭންގެ ދަށުން އެ އުމުރުގެ ހުރިހާ އެންމެންނަށް ވެކްސިން ދިނުމަށް ސަރުކާރުން އަޒުމް ކަނޑަޅާފައިވާއިރު، އެ ހުރިހާ އެންމެންނަށް ވެކްސިން ފުރިހަމަ ކުރެވޭ ވަރަށް ވެކްސިން ލިބިފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ވެކްސިން ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް ސެޕްޓެންބަރު 1 ވަނަ ދުވަހުން ފެށިގެން ސުކޫލުތަކަށް ނުވަދެވޭނެކަން އިއުލާނުކޮށްފައިވާއިރު، މި މަހު ފެށޭ ދިރާސީ އައު އަހަރުގައި ކިޔަވައިދޭނެ ގޮތް އަދި އެޑިއުކޭޝަނުން އިއުލާނުނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް