ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 16 ވަނަ ދުވަހު ފެށުމަށް ނިންމާ އެކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގާއިފިއެވެ.
މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައްބާއްވަން ތާވަލުކޮށް މެންބަރުންނަށް އެންގިއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދައުރުން ބޭރު ޖަލްސާއެއް ކުއްލިއަކަށް ބޭއްވުމުގެ ޚިޔާލު ހުށަހަޅުއްވައިފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބޭއްވޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު ގަރާރެއް ހުށަހެޅުއްވުންނެވެ. 87 މެންބަރުން ތިއްބަވާ މަޖިލީހުގައި އެއީ 29 މެންބަރުންގެ ސޮޔެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމާ ޗުއްޓީއަށް ދިއުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ނުރައްކާތެރި ހަމާލާއާއި ވެހޭ ޕާލިމަންޓްރީ އިންކުއަރީއެއް ވަނީ ނިންމާލާފައެވެ.
އަދި ދައުރު ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ރައީސް ނަޝީދުވަނީ ގޮވާލައްވާފައެވެ. މަޖިލީހަށް ނިމުނު ދައުރުގައި ހުށަހެޅުނު މަސައްކަތްތަކުގެ ތެރެއިން ނަފުރަތު މަނާކުރުމަށް ކަމުގައި ބުނެ ސަރުކާރުން ޤާނޫނުލް ޢުޤޫބާތަށް ގެންނަ ހުށަހެޅި އިސްލާހާމެދު ގިނަ ބައެއްގެ ކަންބޮޑުވުން ހުރުމާ ގުޅިގެން އެ ބިލު އަލުން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް