ފްލެޓުތައް ލިބުނު މީހުންގެ ޕެޓިޝަނަށް ހައްލެއް ނުލިބުމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރަށް ހުށަހަޅައިފި

ހިޔާ ފްލެޓް ތަކުގެ ވަޒަންވެރީންގެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރަށް ހުށަހަޅައިފި އެވެ. ފްލެޓު ލިބުނު މީހުން އުފައްދާފައިވާ ހިޔާ ޔޫނިއަން އިސްވެ އޮވެ ތައްޔާރު ކުރި ޕެޓިޝަން އެންްމެ ފުރ...

01 Aug 2021 | 09:15

ހިޔާ ފްލެޓް ތަކުގެ ވަޒަންވެރީންގެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރަށް ހުށަހަޅައިފި އެވެ.

ފްލެޓު ލިބުނު މީހުން އުފައްދާފައިވާ ހިޔާ ޔޫނިއަން އިސްވެ އޮވެ ތައްޔާރު ކުރި ޕެޓިޝަން އެންްމެ ފުރަތަމަ ހުށަހެޅީ ރަޢީސް އޮފީސް ، ހައުސިން މިނިސްޓްރީ އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށެވެ. ޕެޓިޝަނާއި ގުޅޭގޮތުން އެ އިދާރާތަކާއި އެކު މަޝްވަރާކޮށްފައިވެ އެވެ.

އެ ޕެޓިޝަންގައި އެދިފައިވަނީ ހިޔާ ފްލެޓް ތަކުގެ ކުލި 5،600 ރުފިޔާއަށް ކުޑަކޮށްދީ، އިންޓީރިއާ ފިނިޝިންއަށް ހޭދަވާ ގުރޭސް ޕީރިއެޑް 12 މަހަށް ހަދައިދިނުމަށެވެ. އަދި ޖުމަލަ އަގުން އިންޓީރިއާ އަށް ހޭދަވާ 100،000 ރުފިޔާ މަޢާފް ކޮށްދިނުމެވެ.

އެކަމަކު ދެ މަސްވީއިރުވެސް ހުށަހެޅުންތަކަށް ހައްލެއް ލިބިފައި ނުވާތީ މިއަދު ވަނީ އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމަށް ހުށަހަޅާފައި އެވެ. ޔޫނިއަންއިން ބުނީ އާޒިމަށް ޕެޓިޝަން ހުށަހެޅީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅައި، ކޮމެޓީ މަރުޙަލާއިން ގޮތްތަކެއް ނިންމައި މަޖިލިސް ތަޅުމުން މިކަމާއި ގުޅިގެން ގޮތެއް ކަނޑައަޅައިދިނުމަށް އެދި އެވެ.

ރައްޔިތުންނާއި ގުޅިފައިވާ 25،000 އެތަކެއް ރައްޔިތުންނާއި ސީދާ ގޮތުން ގުޅިފައިވާ މި މައްސަލަ އަށް ޙައްލެއް ލިބުމަކީ ހިޔާޔޫނިއަންގެ އެދުމެވެ. ސަރުކާރާއި މަޖިލިސް ގުޅިގެން ކުރެވޭ މަސައްކަތް ތަކުން ޙާޞިލް ނުކުރެވޭނޭ އެއްވެސް ކަމަކަށް ޔޫނިއަން އިން އެދިފައި ނުވާނެއެވެ.

މި ޕެޓިޝަންގައި ހިޔާ ފްލެޓު ލިބުނު 2،177 މީހުން ސޮއިކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް