ދެވަނަ ކުއާޓާގައި ބީއެމްއެލްއަށް 299 މިލިއަން ރުފިޔާގެ ފައިދާއެއް

އަހަރުގެ ދެވަނަ ކުއާޓާގައި ބީއެމްއެލްއަށް ސާފު ފައިދާއަށް 299 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ މިދިޔަ ކުއާޓާއާއި އަޅާ ބަލާއިރު 38 އިންސައްތައިގެ ކުރިއެރުމެކެވެ. އެ ކުންފުންޏަށް ފައިދާ އިތުރުވީ ކޮވިޑ...

01 Aug 2021 | 08:52

އަހަރުގެ ދެވަނަ ކުއާޓާގައި ބީއެމްއެލްއަށް ސާފު ފައިދާއަށް 299 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ މިދިޔަ ކުއާޓާއާއި އަޅާ ބަލާއިރު 38 އިންސައްތައިގެ ކުރިއެރުމެކެވެ.

އެ ކުންފުންޏަށް ފައިދާ އިތުރުވީ ކޮވިޑްގެ ދަތިކަމަށް ފަހު އެކި ދާއިރާތަކުން ލޯނު ފައިސާ ފުރިހަމައަށް ލިބެން ސަބަބުންނެވެ. އަދި ކޮވިޑްގެ ސަބަބުން ދިމާވެދާނެ އިގްތިސާދީ ގެއްލުން ކުރިން ދެނެގަނެ، އެހީވުމަށް ބީއެމްއެލުން މުހިއްމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

މިދިޔަ ކުއާޓާގައި ބީއެމްއެލްއަށް  496 މިލިއަން ރުފިޔާގެ ފައިދާ ވަނީ ލިބިފައެވެ.

ފުރަތަމަ ކުއާޓާގައި ވެސް ބީއެމްއެލްއަށް ވަނީ މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. ފައިދާގެ ގޮތުގައި 357 މިލިއަން ރުފިޔާ ލިބުނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ވުރެ 23 އިންސައްތައިގެ ކުރިއެރުމެކެވެ.

ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި އުނދަގޫ ހާލަތުން އަރައިގަނެ ޑޮލަރުގެ ލިކުއިޑިޓީ ހަމަޖެއްސުމަށް ބޭރުގެ މާލީ އިދާރާތަކުން 1.3 ބިލިއަން ރުފިޔާގެ ލޯނާއި ފައިނޭންސިން ބީއެމްއެލުން ހޯދި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް