ގއ. ވިލިނގިލި އަނެއްކާވެސް މޮނިޓަރިންއަށް ލައިފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ވިލިނގިލީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރައްތަކަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
އެ ރަށުން މިފަހަރުވެސް ޕޮސިޓިވްވެފައިވަނީ ފްލޫ ޕްލިނިކަށް ޑޮކްޓަރަށް ދެއްކި މީހެކެވެ.
ވިލިނގިލި މޮނިޓަރިންއަށް އަލުން ލާފައި މިވަނީ އެ ހާލަތު އުވާލިތާ ހަތަރު ދުވަސް ފަހުންނެވެ. މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ވިލިނގިލީ މޮނިޓަރިންގެ ހާލަތު އުވާލިއިރު އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު އެވެ.
އެޗްޕީއޭއިން ބުނީ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަް މިހާރު ވިލިނގިލީގައި ފަށާފައިވާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު އެ ރަށް މޮނިޓަރިންއިން ނެގި އިރު ޕޮސިޓިވް ތިބީ ފަސް މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް