ވެހިކަލް ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ދޫކުރުން މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.
ހަތަރު ފުރޮޅުލީ އުޅަނދު އެންމެ ކުރިއްސުރެ މާލޭގައި ރަޖިސްޓަރީ ކުރާ ގަރާޖުތަކަކީ އުޅަނދު ޕާކް ކުރެވޭނެ ތަނެއްތޯ ބަލައި، ޗެކް ކުރުމުގެ މަސައްކަތް މިހާތަނަށް ޓްރާންސްޕޯޓް އޮތޯރިޓީން ކުރަމުން އައި ނަމަވެސް، މިއަދުން ފެށިގެން ދެން އެ މަސައްކަތް ކުރާނީ މާލޭ ސިޓީ ކައުންސިލުންނެވެ.
ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ، މާލެ އާއި ހުޅުމާލޭގައި ރަޖިސްޓަރީ ކުރާ އުޅަނދުތަކަށް، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ އުޅަނދު ބާއްވާނެ ގަރާޖު ޗެކްކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ކުރާ އެއްބަސްވުމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ކަންކަން އެ ކައުންސިލުން ކުރާ ގޮތަށް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.
ގަރާޖު ހުއްދަ ދޫކުރުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމައި ޓްރާންސްޕޯޓް އޮތޯރިޓީން އެކަން އިއުލާންކުރީ މިދިޔަ މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް