މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުންނަތާ ދުވަސްވެފައިވާ ވެހިކަލްތައް މާދަމާ އިން ފެށިގެން ނަގަން ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން ބުނީ، މީހުންނަށް އުނދަގޫވާ ގޮތަށް މަގުތަކުގައި ބަހައްޓާފައި ހުރި ވެހިކަލްތައް ނަގާނީ ފުލުހުންނާއި ކައުންސިލް ގުޅިގެން ކަމަށާއި، އެގޮތަށް ބަހައްޓާފައި ހުރި އުޅަނދުތައް ނަގައި މަގުމަތި ސާފުކުރުމަށް ކައުންސިލުން ވަނީ އަންގައިފަ އެވެ.
ވެހިކަލް ނުނަގައިފި ނަމަ، އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދުގެ ދަށުން ވެހިކަލް ނައްތާލާނެ ކަމަށްވެސް ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ވެހިކަލް ނެގުމުގެ ތެރޭގައި އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމަށް ކައުންސިލުން ޒިންމާ ނުނަގާނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް