އުރީދޫން ރާއްޖޭގައި ޙިދުމަތްދޭން ފެށިތާ މިއަދަށް 16 އަހަރު ވަނީ ފުރިފައެެވެ.
2005 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 1 ވަނަ ދުވަހު ވަތަނިއްޔާގެ ނަމުގައި ދިވެހިންނަށް ތައާރަފްވެ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ވިއުގައަށް އުރީދޫ މޯލްޑިވްސްއިން ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ.
"ވަތަނިއްޔާއަކަށް ނުވާނެއޭ އޭރު ގިނަ ބަޔަކު ގޮވަމުން ދިޔަ، އެކަމަކު 16 އަހަރު ތެރޭ މި ދައްކައިދިނީ ވާނެކަން" ވަރަށް ފަހުރުވެރި ކަމާއެކު އުރީދޫގެ ޗީފް ކޮމާޝިއަލް އޮފިސާރ ހުސައިން ނިޔާޒް ވިދާޅުވިއެވެ.
ޓެލްކޮމިއުނިކޭޝަންގެ ޙިދުމަތްދޭން އިތުރު ކުންފުންޏެއް ރާއްޖެއަށް އައުން ވެގެންދިޔައީ އެދާއިރާ އިތުރަށް ކުރިއަރައިގެން ދިޔުމަށް މަގުފަހިވި ކަމަކަށެވެ. ފާއިތުވި 16 އަހަރު ދުވަހުގެތެރޭގައި ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި މި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ޤައުމަކަށް ރާއްޖެ މިވަނީ ވެފައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ އިތުބާރު އުރީދޫއިން ހޯދިއެވެ.
އުރީދޫން ވަނީ ރާއްޖޭގައި ހިދުމަތް ފެށުމާއެކު ތްރީޖީ އާއި ފޯޖީގެ ހިދުމަތް ވެސް ދީފަ އެވެ. މިހާރު މުޅި ރާއްޖެ މި ވަނީ އުރީދޫގެ އަވަސް 4ޖީ އިންޓަނެޓުން ގުޅާލާފައެވެ. މީގެ އިތުރުން އެ ކުންފުނިން ވައިފައި ކޯލިން ފަދަ ޒަމާނީ ހިދުމަތްތައް ދީފަ އެވެ. އަދި އެ ކުންފުންޏަށް އިންޓަނެޓުގެ ހިދުމަތް ދޭން ހުއްދަ ލިބުމާއެކު ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ވަނީ "ސުޕަ ނެޓް" ގެ ހިދުމަތް ދީފަ އެވެ.
މީގެ އިތުރުއަދި ފަސޭހަކަމާއެކު ބޭނުން ވަގުތެއްގައި ހިދުމަތް ދެވޭ ގޮތަށް ކުޅުދުއްދުއްޓާއި މާލެ އަދި ހުޅުމާލޭގައި "ޑިޖިޓަކް ކިއޮސްކް" ވަނީ ގާއިމްކޮށްފަ އެވެ. ޑިޖިޓަލް ފައިސާ "އެމް ފައިސާ" އާއި އީ ކޮމާސް ހިދުމަތެއްގެ ގޮތުގައި "މޫލީ" ވެސް ތައާރަފުކޮށްފައިވެ އެވެ.
ކޯވިޑް-19ގެ މި ދަތި އުނދަގޫ ހާލަތުގައި ކަސްޓަމަރުންނަށް ގޭގައި ތިބެގެން ހުރިހާ ޚިދުމަތެއް ހޯދޭނެ ގޮތް އެ ވަނީ ކަށަވަރުކޮށްދީފައެވެ. ބިލުތައް ދެއްކުމާއި ހިދުމަތަކަށް އެދުން ވެސް އެ ވަނީ ޑިޖިޓަލް ކުރެވިފައެވެ. ކަރަންޓީނުގައި ތިބެގެން ވެސް ކަސްޓަމަރުންނަށް ދަތި ނުވާނެހެން ޚިދުމަތް އެ ދަނީ ފޯރުކޮށްދެމުންނެވެ. ސަރުކާރުގެ ނެޓް ހެޔޮކުރުމުގެ ސިޔާސަތަށް ތަރުހީބު ދިނުމަށް އިންޓަނެޓް ޕެކޭޖުތަކުގެ އަގު ވެސް އެ ވަނީ ތިރިކޮށްފައެވެ. ހަމައެކަނި އަގު ތިރި ކުރީ ނޫނެވެ. އިންޓަނެޓްގެ ދުވެލި ވެސް އިހުނަށް ވުރެ ބާރުކޮށްދީފިއެވެ. އަދި ބާކީ ހުންނަ ޑޭޓާ އަނެއް މަހު ބޭނުން ކުރެވޭނެ ގޮތް ރާއްޖޭގައި ފުރަތަމަ ފަހަރަށް އެ ވަނީ އުރީދޫން ވެސް ހަދައިދީފައެވެ.
ފާއިތުވި 3 އަހަރުގެ ކާމިޔާބީތަކަށް ބަލާއިރު އެ ކުންފުނިން ވަނީ ޑެޑިކޭޓެޑް ޑޭޓާ ސެންޓަރެއް ގާއިމުކޮށްފައެވެ. އަދި ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައި ގުޅުވާލާފައެވެ. އެ ކޭބަލް އެޅީ ލަންކާގެ މައުންޓް ލެވީނިއާއާއި ހުޅުމާލެއާ ދެމެދުއެވެ.
މި ކޭބަލްގެ ދިގުމިނަކީ 840 ކިލޯ މީޓަރެވެ. މި ކޭބަލް އަޅާފައި ވަނީ 3،700 މީޓަރު އަޑީގަ އެވެ. މި ޕްރޮޖެކްޓްގެ ސަބަބުން އުރީދޫން ދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ކަސްޓަމަރުންނަށް ބުރޫ ނާރާނެ ގޮތަށް ހިދުމަތްތައް ފުޅާކުރެވޭނެ އެވެ.
އުރީދޫން މީގެ ކުރިން ރާއްޖެ އާއި އިންޑިއާގެ ޓްރިވެންޑްރަމާ ދެމެދު ވެސް ސަބްމެރިން ކޭބަލެއް އަޅާފައިވެ އެވެ.
ތަފާތު ބޮޑެތި އިންވެސްޓްތަކާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް އައު އީޖާދީ ހިދުމަތްތަކެއް ތައާރަފުކޮށް، ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދީފައި ވެއެވެ. އުރީދޫގެ ތަސައްވުރާ އެއްގޮތަށް އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުގެ އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ކަމަށް އުރީދޫން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް