މާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް އައިޖީއެމްއެޗް ކައިރީގައި ހުރި ރުކއްްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު އެވެ. އެކްސިޑެންޓުވި އިރު ކާރުގައި އިނީ ޑްރައިވަރު އެކަންޏެވެ.
ހާދިސާގައި އޭނާއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ. އަދި ފުލުހުން މި އެކްސިޑެންޓާއި ގުޅޭގޮތުން އެއްޗެއް ހާމައެއް ނުކުރެ އެވެ.
މަންޒަރުދުށް މީހުން މީޑިއާގައި ބުނީ އެކްސިޑެންޓު ހިނގި ކަމަށް ލަފާ ކުރެވެނީ، ދުއްވާފައި ދިޔަ ކާރު ސައިކަލަކުން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލުން ނައްޓައިގެން ކަމަށްވެ.
އެކްސިޑެންޓުގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގެ އިންޖީނު ބަޔާއި އެކު ކުރީކޮޅަށް ވަނީ ބޮޑެތި ގެއްލުނަތެކެއް ލިބިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް