އިމުގާ ޕޯޓަލް މެދުވެރިކޮށް ހެލްތް ޑިކްލަރޭޝަން ފޯމް ހުށަހެޅޭ ގޮތް ހަދައިފި

އިމުގާ ޕޯޓަލް މެދުވެރިކޮށް ހެލްތް ޑިކްލަރޭޝަން ފޯމް ހުށަހެޅޭ ގޮތް ހަދައިފި އެވެ. "އިމުގާ" އަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް އޮންލައިންކޮށް ދިނުމަށް ބޭނުންކުރާ އެޕެކެވެ. މި އެޕް އަޕްގްރޭޑްކުރ...

01 Aug 2021 | 04:49

އިމުގާ ޕޯޓަލް މެދުވެރިކޮށް ހެލްތް ޑިކްލަރޭޝަން ފޯމް ހުށަހެޅޭ ގޮތް ހަދައިފި އެވެ.

"އިމުގާ" އަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް އޮންލައިންކޮށް ދިނުމަށް ބޭނުންކުރާ އެޕެކެވެ.

މި އެޕް އަޕްގްރޭޑްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ގައެވެ. އަދި އޯގަސްޓު 1 ވަނަ ދުވަހު އެޕް އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖެއަށް އައުމާއި ރާއްޖެއިން ފުރުމުގެ 24 ގަޑިއިރު ކުރިން އެ އިދާރާއަށް ހުށަހަޅަންޖެހޭ ހެލްތް ޑިކްލަރޭޝަން ފޯމު އިމުގާ ޕޯޓަލް މެދުވެރިކޮށް މިހާރު ހުށަހެޅޭނެ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެ އެތެރެވުމާއި ރާއްޖެއިން ބޭރުވުމުގެ ކުރިން ހެލްތް ޑިކްލަރެޝަން ފޯމު އިމިގްރޭޝަނަށް ހުށަހަޅަންޖެހެއެވެ. މި ފޯމުގައި ވެކްސިން ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ތަފްސީލު ހާމަކުރަންޖެހެއެވެ. އެކަމުގެ ލިޔެކިޔުންތަކުގެ ކޮޕީއެއް ހެލްތް ޑިކްލަރޭޝަން ފޯމާއެކު އިމުގާ ޕޯޓަލްއަށް ހުށަހަޅަންޖެހެއެވެ.

މީގެ އިތުރުން ވެކްސިންގެ ޑޯޒް ފުރިހަމަކުރުމަށްފަހު 14 ދުވަސް ހަމަނުކޮށް ރާއްޖެ އަންނަ މީހުންނާއި، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިނުވާ މީހުންނަށް ރާއްޖެ އެތެރެވެވޭނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް