އިސްލާހުތަކާއެކު ގާނޫނު އަސާސީގެ 2000 ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން އޭޖީން އިއުލާނު ކޮށްފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 2000 (ދެހާސް) ފޮތް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން އިއުލާނު ކޮށްފި އެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ކޮށްފައިވާ އިއުލާނެއްގ...

01 Aug 2017 | 02:58

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 2000 (ދެހާސް) ފޮތް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން އިއުލާނު ކޮށްފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 2008 އޮގަސްޓް 7 ވަނަ ދުވަހު ފާސްކޮށްފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށް ބައެއް އިޞްލާޙުގެނެވިފައިވާތީ، އެއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2000 (ދެހާސް) ފޮތް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

"ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޮގަސްޓް 03 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢޫލުމާތު ސާފުކުރެއްވުމަށްފަހު 2017 އޮގަސްޓް 06 ވާ އާދިއްތަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ." އެޓާނީ ޖެނެރަލްގެ އޮފީހުގެ އިއުލާނުގައި ވެ އެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ، މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް