އެސްޓީއޯ "ރަމަޒާން ބާޒާރު"  ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި ރީޖަނަލް ފީހާރަތަކުގައި ރޯދަމަހަށް ހާއްސަކޮށްގެން 26 މާރޗް އިން 24 ޖޫން 2017 ގެ ނިއަލަށް ކުރިޔަށް ގެންދިޔަ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ނިމި އެ ޕްރޮމޯޝަންގެ ނަސީބުވެ...

01 Aug 2017 | 01:30

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި ރީޖަނަލް ފީހާރަތަކުގައި ރޯދަމަހަށް ހާއްސަކޮށްގެން 26 މާރޗް އިން 24 ޖޫން 2017 ގެ ނިއަލަށް ކުރިޔަށް ގެންދިޔަ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ނިމި އެ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

މިޕްރޮމޯޝަންގައި -/1000 ރުފިޔާއިން މަތިން ކުރެއްވި ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގެންނެވިއެވެ. އަދި ގުރުއަތުން ދިމާވި ފަރާތްތަކަށް ކޮންމެ ހަފްތާއަކު އިނާމު ތަކެއް ލިބިގެން ދިޔައެވެ. އޭގެތެރޭގައި ފިލިޕްސް ޓީވީ، ހިޓާޗީ ޝަވަރ ހީޓާ، ފިލިޕްސް ހެއަރ ކާރލާ، މަކިޓާ ޕެޓްރޯލް ކީސް އަދިވެސް ވަރަށް އަގުހުރި އިނާމްތައް ހިމެނެއެވެ.

އަދި މީގެ އިތުރުން ޕްރޮމޯޝަން ނިމި ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރިން ހޮވައި އެފަރާތް ތަކަށް ވަރަށް އަގުހުރި ބޮޑެތި އިނާމްތަކެއް ލިބިގެންދިޔައެވެ. މިގޮތުން ލިބުނު އިނާމު ތަކުގެތެރޭގައި ސަންލޭންޑް ޖާރނީގެ ފަރާތުން ހުށަހަޅާފައިވާ 2 މީހަކަށް ބެންކޮކް ދެކޮޅު ޓިކެޓް، މޯލްޑިވިއަންގެ ފަރާތުން ހުށަހަޅާފައިވާ ޗެންނާއީ ދެކޮޅު ޓިކެޓް، އަދާރަން ހުދުރަން ފުށި ރިސޯޓް އަށް ދެރޭގެ ހުރުން އަދި ސަންފްރަންޓް ލިވިންގ ގެ ފަރާތުން ހުށަހަޅާފައިވާ ގާރލެންޑޯ މޭޒެއް ހިމެނެއެވެ. މީގެ އިތުރުން ހިޓާޗީ ފްރިޖް، މެޝިން، އޭސީ، އެއަރ ފްރަޔަރ، ޕްރޮޖެކްޓަރ އަދި އިތުރު އިނާމްތައ ހިމެނެއެވެ. އެސްޓީއޯއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮމޯޝަން ތެރޭގައި -/300،000 ރުފިޔާއަށްވުރެ ގިނަ އަގުރުހި އިނާމްތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް