"ދުޅަހެޔޮ ސިއްހަތަކަށް – މޫދު ކަސްރަތު" މި ނަމުގައި ލ ފޮނަދޫގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

"ދުޅަހެޔޮ ސިއްހަތަކަށް – މޫދު ކަސްރަތު" މި ނަމުގައި ލ ފޮނަދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސް ނިންމާލައިފި އެވެ. ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 20 ދުވަހުގެ މުއްދަތަށް ކުރިއަށްގ...

01 Aug 2017 | 01:14

"ދުޅަހެޔޮ ސިއްހަތަކަށް – މޫދު ކަސްރަތު" މި ނަމުގައި ލ ފޮނަދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސް ނިންމާލައިފި އެވެ.

ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 20 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ، މި ކަސްރަތު ޕްރޮގްރާމަކީ ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ފޮނަދޫ ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ސްވިމިން ސްކޫލް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ، ފާތިމަތު ޒައީމާ ވިދާޅުވީ މި ޕްރޮގްރާމަކީ އަންހެން ކަނބަލުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ލ ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ލ ފޮނަދޫ ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ސްވިމިން ސްކޫލާއި ގުޅިގެން 07 ޖުލައި 2017 އިން 27 ޖުލައި އަށް ހިންގުނު ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމްގައި 44 އަންހެން ކަނބަލަކު ބައިވެރިވި ކަމަށެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ 29 ޖުލައި 2017 ވަނަ ދުވަހުގެރޭ 8:45 ގައި ލ އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންގޮސްފައިވާއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް މޫސާ ފައިސަލް އެވެ. މި ރަސްމިއްޔާތުގައި މި ޕްރޮގްރާމް ހިންގަވައިދެއްވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ އަދި ހަނދނީ ލިޔުން ހަވާލުކުރުންވެސް ކުރިއަށް ގެންގޮސްފައި ވެ އެވެ. މޫދު ކަސްރަތުގެ އިތުރު ޕްރޮގްރާމެއް މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި ބޭއްވުމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ޒައީމާ ވިދާޅުވި އެވެ.

ފޮނަދުއާއި ކޯޒްވޭ އަކުން ގުޅިފައިވާ ކައްދޫގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ކައްދޫ ވެލިގަނޑުގަ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވަނީ ކޮންމެ ދުވަހަކުވެސް އެއްގަޑިއިރުގެ ވަގުތަކަށެވެ. މި ޕްރޮގްރާމްގައި ފާއިތުވި 20 ދުވަހު އެންމެ ބަރުދަން ލުއިވި ބައިވެރިއެއްގެ ގޮތުގައި ހޮވިފައިވަނީ ފަރުޟާނާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް