އިމާދުއްދީން ސްކޫލްގެ އަހަރީ ދުވަހާއި ގުޅުވައިގެން "އެނިވާސަރީ ފެއާރ" ގެ ނަމުގައި ފެއާރ އެއް ބާއްވަން ނިންމައިފި އެވެ.
މި ފެއާރ އާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން އެ ސްކޫލްގެ ލީޑިންގ ޓީޗަރ ފައުޒިއްޔާ މަހްމޫދު ވިދާޅުވީ މި ފެއަރ ކުރިއަށްދާނީ 03 އޯގަސްޓް ރޭގަނޑު 08:15 އިން ރޭގަނޑު 10:00 އަދި 04 އޯގަސްޓް ހަވީރު 04:00 އިން ރޭގަނޑު 06:00 އަށް އަދި 5 އޯގަސްޓް ހަވީރު އަދި އެ ދުވަހުގެ ރޭގައި ކަމަށެވެ.
މި ފެއާރގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިމަނާފައި ވެ އެވެ. އެގޮތުން ލައިވް މިއުޒިކާއި ސްޓޭޖް ހުށަހެޅުންތަކާއި ބިރުވެރި ހޮހޮޅަ އާއި ފޭސް ޕެއިންޓިންއާއި ހީނާ ޓެޓޫ ކުރެހުން ކުރިއަށްދާނޭ ކަމުގައި އެ ސްކޫލުން ހާމަކުރެ އެވެ. މީގެ އިތުރުން ޖަމްބަލް ސޭލަކާއި ކެންޓީންގެ އިތުރުން އިތުރު އެތައް ހަރަކާތްތަކެއް މި ފެއާރގައި ކުރިއަށްދާނޭކަމުގައިވެސް އެ ސްކޫލުން ހާމަކުރެ އެވެ.
އިމާދުއްދީން ސްކޫލުން ހާމަކުރާގޮތުގައި މި ފެއާރ އަކީ ދަރިވަރުންނާއި ބެލެނިވެރިންނަށް އުފާވެރި ހިތްހަމަޖެހޭނެ ވަގުތުކޮޅެއް ހޯދައިދިނުމަށާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ދެމެދު ގުޅުން ބަދަހިކުރުމަށާއި ސްކޫލްގެ އެކަޑެމިކް ކަންތައްތައް ކުރިއެރުވުމަށް ބޭނުންވާނެ މުހިންމު ވަސީލަތްތައް ހޯދުމަށް ފައިސާ ހޯދުމުގެ މަގްސަދުގައި ކުރިއަށްގެންދެވޭ ފެއާރ އެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް