ޖުލައި 26 ފާހަގަ ކުރުމަށް ފޮނަދޫގައި ފޯރިގަދަ ހޭންޑްބޯލް މުބާރާތެއް ކުރިއަށް ގެންގޮސްފި

ރާއްޖޭގެ 52 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ލ ފޮނަދޫގައި ކަނބަލުންނަށް ހާއްސަކޮށްގެން ފޯރިގަދަ ހޭންޑްބޯލް މުބާރާތެއް ކުރިއަށް ގެންގޮސްފި އެވެ. ފޮނަދޫގައި ގާއިމްކޮށްފައިވާ ޔޫތު ސެންޓަރުން އިންތިޒާ...

31 Jul 2017 | 23:04

ރާއްޖޭގެ 52 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ލ ފޮނަދޫގައި ކަނބަލުންނަށް ހާއްސަކޮށްގެން ފޯރިގަދަ ހޭންޑްބޯލް މުބާރާތެއް ކުރިއަށް ގެންގޮސްފި އެވެ.

ފޮނަދޫގައި ގާއިމްކޮށްފައިވާ ޔޫތު ސެންޓަރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތާއި ބެހޭގޮތުން ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަލީ އަބްދުﷲ ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖުލައި މަހުގެ 26 އިން އިއްޔެގެ ނިޔަލަށް ކަމަށެވެ. ޖުމްލަ ނުވަ ޓީމު ބައިވެރިވު މި މުބާރާތަކީ ރަށަށް ހުޅުވާލެވިގެން މިނިވަން ދުވަހުގެ މުނާސަބަތުގައި ކަނބަލުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށެވެ.

މުބާރާތުގެ ފައިނަލް މެޗު އިއްޔެ ކުޅެފައިވާއިރު "ޓީމް ކޭޑީއޯ" އާއި ވާދަކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ "ޓީމް ޕިޒްކާ" އިންނެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް އަދި ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތަށި ހަވާލުކޮށްފައިވާއިރު މުޅި މުބާރާތުގެ ޓޮޕް ސްކޯރަރުންނަކީ "ޓީމް ޕިޒްކާ" ގެ ޖާޒީ ނަމްބަރު 11، މަރިޔަމް ރަޝީދާ އަދި "ޓީމް ކޭޑީއޯ"ގެ ޖާޒީ ނަމްބަރު 10 ރަމްލާ އަބޫބަކުރެވެ.

މުބާރާތުގެ ޑްރީމްޓީމް ހޮވާފައިވާއިރު ޑްރީމް ޓީމްގައި ހިމެނެނީ "ޓީމް ޕިޒްކާ" ގެ މަރިޔަމް ރަޝީދާ އާއި "ޓީމް ކޭޑީއޯ" ގެ ރަމްލާ އަބޫބަކުރާއި "ފަހެލި" ޓީމްގެ ސުމައްޔާ އާއި "ޓީމް ޕިޒްކާ"ގެ އައިމިނަތު ނަސްމާ އާއި "ޓީމް ކޭޑީއޯ" ގެ ފާތިމަތު ޝިނާ އާއި "ބަގުޑި" ޓީމްގެ ރަމީޒާ އާއި "ޓީމް ޕިޒްކާ"ގެ ރަޝީދާ މުހައްމަދެވެ.

މު މާބާރާތަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި ކުރިއަށް އޮތް ތާނގައިވެސް މިފަދަ މުނާސަބަތުތަކާއި ދިމާކޮށް މިފަދަ މުބާރާތްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާނޭ ކަމުގައި ފޮނަދޫ ޔޫތު ސެންޓަރުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް