އުރީދޫގެ "މަށަށް އެނގޭ" ކުއިޒް: ކޮންމެ ހަފްތާއަކު އެސް 8 އަދި ކޮންމެ މަހަކު ވެސްޕާ ސައިކަލެއް ލިބުމު ފުރުސަތު

ސެމްސަންގް ގެލެކްސީ އެސް 8 ބްރޭންޑްގެ ފޯނެއް ހިލޭ ބޭނުން ހެއްޔެވެ؟ ނޫންނަމަ ވެސްޕާ ސައިކަލެއް ހިލޭ ބޭނުން ހެއްޔެވެ؟ އެހެން ކަމުގައިވާނަމަ މިއޮތީ ރަނުގެ ފުރުސަތެކެވެ. އުރީދޫ އިން މިހާރު ކުރިއަށްގެންދާ ...

31 Jul 2017 | 22:35

ސެމްސަންގް ގެލެކްސީ އެސް 8 ބްރޭންޑްގެ ފޯނެއް ހިލޭ ބޭނުން ހެއްޔެވެ؟ ނޫންނަމަ ވެސްޕާ ސައިކަލެއް ހިލޭ ބޭނުން ހެއްޔެވެ؟ އެހެން ކަމުގައިވާނަމަ މިއޮތީ ރަނުގެ ފުރުސަތެކެވެ. އުރީދޫ އިން މިހާރު ކުރިއަށްގެންދާ "މަށަށް އެނގޭ" ސުވާލު މުބާރާތުގައި ބައިވެރިވެ ޖަވާބު ދީގެން އެސް 8 ފޯނެއް ލިބުމުގެ ފުރުސަތާއި ވެސްޕާ ސައިކަލެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

އުރީދޫގެ ހާއްސަ މި ޕްރޮމޯޝަނާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ނޫރާ ޒާހިރު ވިދާޅުވީ އުރީދޫގެ ހާއްސަ ޕްރޮމޯޝަންތަކަށް ލިބެމުންދާ ތަރުހީބާއި އެކު، އެކުންފުނިން "މަށަށް އެނގޭ" ގެ ނަމުގައި އަގުހުރި އިނާމުތަކެއް ކަނޑައެޅިފައިވާ އެސްއެމްއެސް ކުއިޒް މުބާރާތެއް އެބަ ކުރިއަށްގެންދާ ކަމަށާއި މި މުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ފަރާތްތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި ސެމްސަންގ ގެލެކްސީ އެސް8 އަދި ވެސްޕާ ސައިކަލު ހިމެނޭ ކަމަށެވެ.

މަށަށް އެނގޭ ކުއިޒްގައި ބައިވެރިވަނީ ކިހިނެތް؟

  • 4242 އަށް ‘GO’ ޖައްސަވާފައި ފޮނުއްވާ
  • ކޮންމެ ބައިވެރިއަކަށްވެސް އެސްއެމްއެސް މެދުވެރިކޮށް ސުވާލެއް ލިބިގެންދާނެ.
  • ސުވާލަށް ޖަވާބު ދިނުމަށްފަހު 4242 އަށް އެސްއެމްއެސް ކުރައްވާ.
  • ރަގަޅު ޖަވާބެއްކަމުގައި ވާނަމަ، 200 ޕޮއިންޓް ލިބިގެންދާނެ. އަދި، ޖަވާބު ނުވައި ކަމުގައި ވިއަސް، ޖަވާބު ފޮނުވުމުން 100 ޕޮއިންޓް ލިބިގެންދާނެއެވެ.

އުރީދޫއިން ހާމަކުރާގޮތުގައި ކޮންމެ ހަފްތާއެއްގައި ވެސް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ބައިވެރިޔާ އަށް ސެމްސަންގ ގެލެކްސީ އެސް8 އެއް ލިބިގެންދާނެއެވެ. އަދި ތިން މަހަށް ކުރިއަށްދާ މި މުބާރާތުގައި، ކޮންމެ މަހަކުވެސް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ބައިވެރިޔާއަށް ވެސްޕާ އެއް ލިބިގެންދާނެއެވެ.

މަށަށް އެނގޭ ކުއިޒް އާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ‘HELP’ ޖައްސަވާފައި 4242 އަށް އެސްއެމްއެސް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި އުރީދޫ ވެބްސައިޓް ooredoo.mv އިން ވެސް މި މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް