ގައްދޫގައި ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ

ގދ. ގައްދޫގައި ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ އެވެ. ފުލުހުން ބުނީ މިރޭ 21:15 ހާއިރު އެރަށުން މީހަކު ދަންޖެހިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވާކަމަށެވެ. ދަންޖެހުނީ އުމުރުން 30 އަހަރުގެ ފިރިހެނެއް ...

01 Aug 2015 | 17:15

ގދ. ގައްދޫގައި ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 21:15 ހާއިރު އެރަށުން މީހަކު ދަންޖެހިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވާކަމަށެވެ. ދަންޖެހުނީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށާއި ދަންޖެހިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިތެރޭގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލަރަކު ވިދާޅުވީ ދަންޖެހި މަރުވުމުގެ ކުރިން އާއިލާ އަދި ރައްޓެހިންނާއި ސަލާމްކޮށް ހިތްހެޔޮ ކުރުމަށް އެދުނު ކަމަށްވެސް ދުވަހަށް މައުލޫމާތު ދެއްވި ކައުންސިލަރު ވިދާޅުވި އެވެ.

މަރުވި މީހާ ހަށިގަނޑު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާއިރު މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް