ކާނިވާ ސަރަހައްދުގައި ބާއްވާފައި އޮތް ތިން ޓެކްސީއެއްގައި އަލިފާން ރޯވެ، އަނދައިފި އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 6:00 ހާއިރު ހިނގި އެ ހާދިސާގައި އަނދާފައިވަނީ އެ ސަރަހައްދުގައި ބާއްވާފައި އޮތް، ބޭނުން ނުކުރާ ތިން ކާރު ކަމަށެވެ.
އެ ހާދިސާ ހިނގިތާ މާ ގިނައިރެއް ނުވެ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފަ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް