ނުކުޅެދުންތެރިކަން ހުންނަ ދެ ފިރިހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފުލުހުންނާއި ޖެންޑާ ގުޅިގެން ތަހުގީގު ކުރަން ފަށައިފި އެވެ.
ތަހުގީގު ކުރަމުން އަންނަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގައި ވަޒީފާ އަދާކުރަމުންދިޔަ، ނުކުޅެދުންތެރިކަން ހުންނަ ދެ ފިރިހެން ކުދިންނަށް އެ އެސްޓީއޯގައި އުޅޭ ތިން މުވައްޒަފަކު ޖިންސީ ގޯނާކުރި މައްސަލަ އެވެ.
މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ޖުލައި މަހުގެ 25 ދުވަހުގެ ދަންވަރު 12:00 ހާއިރު ހާއްސައެހީއަށް ބޭނުންވާ ދެ މީހަކަށް ހިންސީގޯނާ ކުރި މައްސަލައެއް ހުށަހެޅި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ދެ ކުދިންނަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން ވަޒީފާ ދިނުމުގެ ޕުރޮގުރާމުގެ ތެރެއިން އެސްޓީއޯ އިން ވަޒީފާ ލިބިފައިވާ އެއް މާބަނޑު ދެބެއިންނެވެ. އެ ދެ ފިރިހެން ކުދިންގެ އުމުރަކީ 25 އަހަރެވެ. އެދެ ކުދިންނަކީ އުމުރަށް ވުރެ ސިކުނޑި ޅަވުމުގެ މައްސަލަ ދިމާވެފައިވާ ދެބެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް