އުރީދޫގެ ކަސްޓަމަރުންނަށް "އޮފާ" ތަކާއެކު ބޮޑު "ސަޕްރައިޒެއް"

އުރީދޫގެ ހިދުމަތް ދިވެހިންނަށް ފޯރުކޮށްދެމުން އަންނަތާ 10 އަހަރު ފުރުމާއި ގުޅިގެން  އުރީދޫ ކަސްޓަރަމުންނަށް، މަސްދުވަހަށް ދެމިގެންދާ "އޮފާ"ތަކާއިއެކު އެއް މިލިޔަން ރުފިޔާގެ ހަދިޔާ ދިނުމަށް އެކުންފުނިނ...

01 Aug 2015 | 09:36

އުރީދޫގެ ހިދުމަތް ދިވެހިންނަށް ފޯރުކޮށްދެމުން އަންނަތާ 10 އަހަރު ފުރުމާއި ގުޅިގެން  އުރީދޫ ކަސްޓަރަމުންނަށް، މަސްދުވަހަށް ދެމިގެންދާ "އޮފާ"ތަކާއިއެކު އެއް މިލިޔަން ރުފިޔާގެ ހަދިޔާ ދިނުމަށް އެކުންފުނިން ނިންމައިފި އެވެ.

މިކަމާއިގުޅޭގޮތުން އުރީދޫއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫގެ ސީނިއާ އެކްޒެކްޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އެކުންފުނީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ކޮންމެ ކަސްޓަމަރަކަށް ވެސް ހިލޭ  50 މިނެޓް ލިބޭނެ ކަމަށެވެ. އަދި މިއަދު 50 ރުފިޔާ އަށް ވުރެ ގިނަ އަދަދަކަށް ރީޗާޖް ކުރުމުން 10 ޕަސެންޓް ބޯނަސް ކުރެޑިޓް ލިބޭނެ ކަމަށް ވެސް ނޫރާ ވިދާޅުވި އެވެ.

ނޫރާ ވިދާޅުވީ"ގުޑް މޯނިންގް މޯލްޑިވްސް" ޕްރޮމޯޝަން އިން މިއަދުން ފެށިގެން މި މަހުގެ 10ގެ ނިޔަލަށް ހެނދުނު 8:00 އިން 10:00 އަށް 50 އެމްބީ ޑޭޓާ ހިލޭ ލިބޭނެ ކަމަށެވެ. މީގެ އިތުރުން 2005 އިން ފެށިގެން އުރީދޫ ބޭނުންކުރާ އެ ކުންފުނީގެ އެންމެ ވަފާތެރި ކަސްޓަމަރުންގެ މެދުގައި ނަގާ ލަކީ ޑުރޯއަކުން 10 ނަސީބުވެރިއަކަށް އެޕަލް ކުންފުނީގެ ޕުރޮޑަކްޓްތައް ލިބިގެންދާނެ ކަމަށްވެސް ނޫރާ ވިދާޅުވި އެވެ.

ނޫރާ އިތުރަށް ވިދާޅުވީ އެކުންފުނީގެ ވަފާތެރި ކަސްޓަމަރުންނަށް ބޮޑެތި "ސަޕްރައިޒް"ތައް ހުރިކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އުރީދޫއިން ކަސްޓަމަރުންނަށް އާ ހިދުމަތްތަކެއް ތައާރަފްކޮށް، ހިދްމަތުގެ ފެންވަރު ރަނގަޅު ކޮށް ކުރި މަގުގައި ހެޔޮ އަގުގައި ހިދްމަތް ފޯރުކޮށްދެމުން ދާނެ ކަމަށެވެ.

އަދި މި އޮގަސްޓް މަހުގެ ތެރޭގައި ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ދާނެ ކަމަށް ވިކްރަމް ސިންހަ ވިދާޅުވިއެވެ.ންދާނެ ކަމަށް ވިކްރަމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް