އަންހެންކުއްޖަކު ރޭޕްކުރި ބަޔަކަށް އދ އިން ފޭވާ ކުރަނީ!

ރަޝިޔާގެ އޭވިއޭޝަން ކުންފުންޏެއް ކަމަށްވާ "ޔޫޓީ އެއާ"ގެ އިސް ޕައިލެޓަކު ހެލިކޮޕަޓަރު ތެރޭގައި މަސްތުކޮށް ރޭޕްކުރި މައްސަލަ ފެންމަތިވިފަހުންވެސް އެ އެއާލައިނާއެކު އދ އިން ތަކުރާރުކޮށް އެގްރީމެންޓް އާކޮ...

01 Aug 2015 | 04:02

ރަޝިޔާގެ އޭވިއޭޝަން ކުންފުންޏެއް ކަމަށްވާ "ޔޫޓީ އެއާ"ގެ އިސް ޕައިލެޓަކު ހެލިކޮޕަޓަރު ތެރޭގައި މަސްތުކޮށް ރޭޕްކުރި މައްސަލަ ފެންމަތިވިފަހުންވެސް އެ އެއާލައިނާއެކު އދ އިން ތަކުރާރުކޮށް އެގްރީމެންޓް އާކޮށްފައިވާކަމަށް ލީކުވި ޑޮކިއުމްންޓަކުން ހާމަވެއްޖެ އެވެ.

ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާ ހަބަރެއްގައި ބުނެފައިވަނީ ލީކުވި އެ ޑޮކިއުމެންޓްގައި އެ މައްސަލައިގެ ތަފްސީލު އެނގެން އޮތް އިރު އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު އެ އަންހެންކުއްޖާ ރަންވޭ މައްޗަށް އެއްލާލިކަމަށް އެ ޑޮކިއުމެންޓްގައި ވަނީ ޔޫޓީ އެއާގެ މެނޭޖަރެއް ކަމަށެވެ. އަދި އެ ހާދިސާ ހިނގީ 2010 ވަނަ އަހަރު ކަމަށްވެސް ގާޑިއަންގެ ހަބަރުގައި ބުނެފައި ވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ މައްސަލައިގެ ތަހުގީގު 2011 ވަނަ އަހަރު ހިންގާފައިވާއިރު ތަހުގީގީ ރިޕޯޓް އދގެ އިސްވެރިންނާ ވަނީ ހިއްސާކޮށްފަ އެވެ. އޭގެ ކޮޕީއެއް ނިއުޔޯކްގައި ހުންނަ އދގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫންގެ އޮފީހަށް ފޮނުވި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މީގެ ހަތަރުއަހަރު ކުރިން ހިނގި އެ ހާދިސާއަށްފަހުވެސް އދގެ މިޝަންތަކުގައި ޔޫޓީ އެއާގެ ހެލިކޮޕްޓަރުތައް ބޭނުން ކުރުމަށް ތަކުރާރުކޮށް އެގްރީމެންތްތައް ހަދާފައިވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ލުބުނާނާއި، ކޮންގޯ އާއި ސިއޭރާ ލިއޯނީ، އައިވަރީ ކޯސްޓް، ލައިބީރިއާ، ސޫދާން ހިމެނޭ ބައްރުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް