ޔަހޫދީން، ފަލަސްތީނުގެ ގެއެއްގައި ހުޅުޖެހުމުން 18 މަހުގެ ކުއްޖަކު އަނދައި ޝަހީދު ވެއްޖެ

ޔަހޫދީނގެ ބަޔަކު ފަލަސްތީނުގެ ގެއެއްގައި ހުޅުޖެހުމުން ހިނގި ހާދިސާއެއްގައި ފަލަސްތީނުގެ 18 މަހުގެ ތުއްތު ކުއްޖަކު އަނދައި ޝަހީދު ވެއްޖެ އެވެ. މަންޒަރު ދުއް ފަރާތްތަކާ ހަވާލާދީ ފަލަސްތީނުގެ ކަމާބެހޭ ފަ...

01 Aug 2015 | 03:42

ޔަހޫދީނގެ ބަޔަކު ފަލަސްތީނުގެ ގެއެއްގައި ހުޅުޖެހުމުން ހިނގި ހާދިސާއެއްގައި ފަލަސްތީނުގެ 18 މަހުގެ ތުއްތު ކުއްޖަކު އަނދައި ޝަހީދު ވެއްޖެ އެވެ.

މަންޒަރު ދުއް ފަރާތްތަކާ ހަވާލާދީ ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ފަލަސްތީނުގެ "ދުމާ" ކިޔާ އަވަށުގެ ގެއެއްގައި އެ ތުއްތު ކުއްޖާއާއި އެކުއްޖާގެ ހަތަރު އަހަރުގެ ކޮއްކޮ އަދި އެ ދެކުދިންގެ މަންމައާއި ބައްޕަ ނިދާފައިތިއްބާ ޔަހޫދީން އެގޭގައި ހުޅުޖެހީ ގޭގެ ކުޑަދޮރެއް ތަޅާލައިގެން އަލިފާން ބޯޅަ އުކައިގެން ކަމަށެވެ. އަދި ގޭގެ އެއް ކުޑަދޮރުގައި "ރިވެންޖް" (ބަދަލުހިފުން) މިހެން ލިޔެފައިވާކަމަށްވެސް އެ ފަރާތްތަކުން ބުނެ އެވެ.

މި ހާދިސާގައި ޝަހީދުވި ކުއްޖާގެ އިތުރުން އެކުއްޖާގެ ބޭބެ (އުމުރުން ހަތަރު އަހަރުގެ ކުއްޖާ)ވެސް އިޒްރޭލު ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދިނެވެ. އަދި އެ ދެކުދިންގެ މަންމައާއި ބައްޕައަށްވެސް އަލިފާނުގެ އަސަރު ފޯރައި ގައިގެ އެކިތަންތަން ފިހިފައިވާކަމަށް ވެ އެވެ.

މި ޖަރީމާ ކުށްވެރިކޮށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެފައިވަނީ މިއީ އިންސާނިއްޔަތާ ހިލާފު އަމަލެއް ކަމަށެވެ.

މި ހަމަލާއަކީ މިފަދަ ގޮތަކަށް މި އަހަރުތެރޭގައި ޔަހޫދީން ޝަހީދު ކޮށްލި ފުރަތަމަ ކުއްޖާ އެވެ. މިފަދަ ގޮތަކަށް މިދިޔަ އަހަރުގެ ތެރޭގައި ޔަހޫދީން ވަނީ ކުޑަ ފިރިހެން ކުއްޖެއްގެ ގައިގާ ރޯކޮށްލައިގެން އަންދާލާ ޝަހީދުކޮށްލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް