އެމްއެޗް 370ގެ ފިޔަގަނޑު ގެނުނު މީހާ އުޅުނީ ގޭތެރެ ޒީނަތް ކުރަން ފިޔަގަނޑު ގެންދަން !

239 ޕަސިންޖަރުންނާއެކު ވީނުވީއެއް ނޭނގި ގެއްލުނު އެމްއެޗް 370ގެ ފިޔަގަނޑު އިންޑިއާ ކަނޑުގައި އޮންނަ ރީޔޫނިޔަން އައިލެންޑުން ފެނިފައިވާއިރު އެ ފިޔަގަނޑު ފެނުނު މީހާ ފުރަތަމަ ހިޔާލަށް އައީ ފިޔަގަނޑު ގެއ...

01 Aug 2015 | 03:20

239 ޕަސިންޖަރުންނާއެކު ވީނުވީއެއް ނޭނގި ގެއްލުނު އެމްއެޗް 370ގެ ފިޔަގަނޑު އިންޑިއާ ކަނޑުގައި އޮންނަ ރީޔޫނިޔަން އައިލެންޑުން ފެނިފައިވާއިރު އެ ފިޔަގަނޑު ފެނުނު މީހާ ފުރަތަމަ ހިޔާލަށް އައީ ފިޔަގަނޑު ގެއަށް ގެންގޮސް ގެ ޒީނަތްތެރި ކުރުމުގައި ބޭނުން ކުރަން ކަމަށް އޭނާ ބުނެފި އެވެ.

އެ ރަށުގައި މަސައްކަތްކުރާ ޖޮނީ ބެގޫ ބުނެފައިވަނީ އޭނާއަށް އެ ފިޔަގަނޑު ފެނުނީ ގްރައިންޑް ސްޕައިންސް (ހަވާދު ފުނޑާ ދައި) ފަދަ ތަކެތި ހެދުމަށް ބޭނުން ކުރާ ހިލަ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

"އެންމެ ފުރަތަމަ އަހަރެން އުޅުނީ އެ ގެއަށް ގެންގޮސް ގެ ޒީނަތްތެރިކުމުގައި ބޭނުންކުރަން، އެހެންނަމަވެސް ފަހުން ހިތަށްއެރީ އެ ފްލައިޓުން ދަތުރު ކުރި މީހުންގެ އާއިލާއާ މެދުވެސް ވިސްނާލަން ވާނޭ" ބެގޫ ބުނެފައި ވެ އެވެ.

ބެގޫ ބުނީ އެ ބައިތައް ފެނުމުން އެއީ ފްލައިޓެއްގެ ފިޔަގަނޑުކަން އެނގުނުނަމަވެސް މިހާ ބޮޑު މިސްޓްރީއެއްގެ ހޯދުން ކަމަށް އެ ފިޔަގަނޑުވާނެ ކަމަށް ހީވެސް ނުކުރާ ކަމަށެވެ. އަދި ފިޔަގަނޑު ގެއަށް ގެންދިއުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓް ކުރެވުމުން މިހާރު އުފާކުރާ ކަމަށްވެސް ބެގޫ ބުނެ އެވެ.

އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމެއްކަމަށްވާ ރިޔުނިޔަންގެ ކަނޑުގެ އައްސޭރިފަށުން އެމްއެޗް 370ގެ ފިޔަގަނޑު ފެނުނީ މިދިޔަ ބުދަ ދުވަހުއެވެ.

ފެނުނު އެ ފިޔަގަނޑަކީ އެމްއެޗް370ގެ ފިޔަގަނޑުކަން މިހާރު ވަރަށް ބޮޑަށް ޔަގީންކުރެވިފައިވާކަމަށް މެލޭޝިއާއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް