އައްޑޫސިޓީ މަރަދޫ ފޭދޫގައި އޮފީހެއް ފަޅާލައި، އެ ފިހާރައިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
ފަޅާލާފައިވަނީ މޯލްޑިވިއަން ޓިކެޓް ވިއްކުމުގައި އޭޖެންޓެއްގެ ގޮތުން މަރަދޫ ފޭދޫގައި މަސައްކަތްކުރާ "އެކްސްކްލޫސިވް" ނަމަކަށް ކިޔާ ފިހާރަ އެކެވެ.
އެ ފިހާރަ ފަޅާލާފައިވަނީ އިއްޔެރޭގެ ވަގުތެއްގަ އެވެ. ވަގަށްނަގާފައިވަނީ 11،000 ރުފިޔާ އެވެ.
މަރަދޫ ފޭދޫ ބޮޑުމަގުގައި ހުންނަ އެ އޮފީހުން ވައްކަންކޮށްފައިވަނީ އެ އޮފީހުގެ ފުރާޅުން ޓިނުތަކެއް ނައްޓާލައި، ސީލިންގް ފަޅާލައިގެންނެވެ.
އޮފީސް ފަޅާލާފައިވާކަން އޮފީހުގެ ވެރިންނަށް އެނގުނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އޮފީސް ހުޅުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް