މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ މީހަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީ ފޭދޫން އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ޕޮލިސް އިންޓަލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ 20:25 ހާއިރު އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އައްޑޫ ސިޓީ ފޭދޫ ރެސްޓޯރަންޓެއްގެ ތެރޭގައި އިންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ސޯޓުގެ ވައަތް ފަރާތު، ކުރިމަތީ ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 39 ސެލޯފިންކޮޅު ފެނިފައި ވާކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް