ކޯރެއް ފުރި ބަންޑުންވެ ޕާކިސްތާނުގައި އެއް ޢާއިލާއެއްގެ 12 މީހަކު މަރު

މިއީ ޕާކިސްތާނުގައި ނިމިދިޔަ ހަފުތާގެ ތެރޭގައި ހިނގާދިޔަ ހިތާމަވެރި ހާދިސާއެއްގެ ވާހަކައެވެ. 27 ޖޫން ވީ ހުކުރު ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 08:00 ހާއިރު 18 މެންބަރުންގެ ޢާއިލާއެއް ޚައިބަރު ޕަކްތުންޚ...

01 Jul 2025 | 17:19

މިއީ ޕާކިސްތާނުގައި ނިމިދިޔަ ހަފުތާގެ ތެރޭގައި ހިނގާދިޔަ ހިތާމަވެރި ހާދިސާއެއްގެ ވާހަކައެވެ.

27 ޖޫން ވީ ހުކުރު ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 08:00 ހާއިރު 18 މެންބަރުންގެ ޢާއިލާއެއް ޚައިބަރު ޕަކްތުންޚުވާގެ ސްވާތު ކޯރުގެ އައްސޭރިއަށް ޕިކުނިކު ދިޔައެވެ.

ކުއްލިއަކަށް ކޯރުގެ ފެންގަނޑު ބޮޑުވެ "ފްލެޝް ފްލަޑް" ކުޑަކުދިންތަކެއް ކޯރުގެ ތެރެއަށް ދަމައިގަތްކަމަށް ވެއެވެ. އަދި އެ ކުދިން ސަލާމަތް ކުރުމަށް ޢާއިލާގެ ތެރެއިން ބަޔަކު ކޯރަށް ފޭބި ކަމަށްވެސް ވެއެވެ.

ސަލާމަތީ ޚިދުމަތްތަކުން އެދުވަހު ކުރި މަސައްކަތުން ތިން މީހަކު ސަލާމަތް ކުރެވުނު ނަމަވެސް މަރުވެފައިވާ ހަތް މީހެއްގެ ހަށިގަނޑު ފެނުނެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މިއަދުގެ އަދާހަމަތައް ބުނާގޮތުން ކޯރުގެ ތެރެއިން ހޯދިފައިވާ މަރުވެފައިވާ ހަށިތަކުގެ ޢަދަދުވަނީ 12 އަށް އަރާފައެވެ. އެކަކު ގެއްލިގެން އަދިވެސް ހޯދަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

ހުޅަނގު މޫސުމުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޕާކިސްތާނު އަދި އިންޑިއާގައި ކޯރުތައް ފުރި ބާރުވެ ބަންޑުން ޖަހާލުމުގެ ހާދިސާތައް ހިނގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް