ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ޕޯޓަލް މެދުވެރިކޮށް 750 ޑޮލަރާއި ހަމައަށް ފައިސާ ނެގޭނެ: ބީއެމްއެލް

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރާއި ހަމައަަށް ފައިސާ ނެގޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އިން މިއަދު ބުނެފިއެވެ. މިކަންހާމަކޮށްފައި ވަނީ އެ ބޭންކުން އެކްސްގައި ކުރި ޕޯ...

01 Jul 2025 | 17:19

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރާއި ހަމައަަށް ފައިސާ ނެގޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އިން މިއަދު ބުނެފިއެވެ.

މިކަންހާމަކޮށްފައި ވަނީ އެ ބޭންކުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ބީއެމްއެލް އިން ބުނީ ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް 750 ޑޮލަރާއި ހަމައަށް އޭޓީއެމްތަކުން ކާޑު ބޭނުންކޮށްގެން ފައިސާ ނަގައި ޕީއޯއެސްތައް މެދުވެރިކޮށް ޕޭމަންޓް ހެދޭނެ ކަމަށެވެ.

އަދި އެ ފަރާތްތަކަށް ބީއެމްއެލް ވެބްސައިޓްގެ ފޮރިން ލިމިޓް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

މިގޮތުން އެ ލިމިޓް ހަމަޖައްސަން ބޭނުންވާ ރުފިޔާއަށް ޑެބިޓް ކާޑު ސެލެކްޓްކޮށްލަން އެ ބޭންކުން ވަނީ އެދިފައެވެ.

ބީއެމްއެލްގެ އަމާޒަކީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދާ ދިނުން ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް