ދިރާގުގެ އެއްބާރުލުން ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް އަށް

ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން މުޖުތަމައު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް (ބީވީއައިއެ...

01 Jul 2025 | 17:02

ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން މުޖުތަމައު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ށ. އަތޮޅުގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ކޭމްޕަށް ދިރާގުން އެއްބާރުލުންދީފިއެވެ.

ބީވީއައިއެސްއެމް އަކީ ރާއްޖޭގެ ލޯފަން ކުދިންގެ ހައްގުތަކަށް ވަކާލާތުކުރަމުންދާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން ރަށު ކައުންސިލުތަކާ ގުޅިގެން ކަނޑިތީމު، މިލަންދޫ، ފުނަދޫ އަދި ކޮމަންޑޫގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.  މި ހަރަކާތްތަކުގެ މަގުސަދަކީ، ލޯފަން ކުދިން މުޖުތަމައުގައި ޝާމިލުކޮށް، މި ކަމާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

މީގެ އިތުރުން، ދިރާގުން ބީވީއައިއެސްއެމް އަށް ފޯރުކޮށްދެމުންދާ ފޯން މީޓިންގ ހިދުމަތުގެ އެހީތެރިކަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހިދުމަތަކީ ބީވީއައިއެސްއެމް މެންބަރުންގެ މެދުގައި ހިލޭ ކޮންފަރެންސް ކޯލުތައް ކުރެވޭ ގޮތަށް، ބީވީއައިއެސްއެމްގެ ބައްދަލުވުންތައް ބޭއްވުމަށާއި، ޓްރެއިނިންގ އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދޭ ހާއްސަ ޕްލެޓްފޯމެކެވެ. މިއީ، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ގެނެސްދީ، މުޖުތަމައުގައި ޝާމިލުވުން އިތުރުކޮށްދޭ މުހިންމު ވަސީލަތެކެވެ.

ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ. މި ގޮތުން، ދިރާގުން ދަނީ މި ފަދަ ފަރާތްތައް ބާރުވެރިކުރުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް