ޓިކްޓޮކް ހުޅުވާލިޔަސް، ފޭސްބުކް ހުޅުވާލިޔަސް، އިންސްޓަގްރާމް ހުޅުވާލިޔަސް މި ލަވައެއް ނޫނީ މި ދުވަސްވަރު އަޑެއް ނީވެއެވެ. ކޮންމެވެސް ދަމި އުން ގްރްރްރް" އެކޭ ކިޔާ ލަވައެއް މިވަނީ ވަރަށް ބޮޑަށް ވައިރަލްވެ ވަރުގަދަ ހިޓް އަކަށް ވެފައެވެ.
މި ލަވައިގާ މި ކިޔާ އެއްޗަކާ ލަވަޔާއި ބެހޭގޮތުން ކޮންމެވެސް ވަރަކަށް އަޅެ ބަލައިލަމާ ހިނގާށެވެ.
މި ލަވައިގެ ފަހަތުގައިވާ ދެ އާޓިސްޓުންނަކީ Fantomel އަދި Kate Linn އެވެ. ފެންޓޮމެލް އަކީ ރެގެޓަން ބީޓްސް އާއި އިލެކްޓްރޯނިކް ޕޮޕް މިއުޒިކުން މަޝްހުނި މި ލަވައިގެ މިއުޒިކް ޕްރޮޑިއުސަރެވެ.
ކޭޓް ލިން އަކީ މި ލަވައިގެ އަންހެން ވޯކަލިސްޓެވެ. އެންމެންގެ ކަންފަތު ތޫރިން ޖާގަ ހޯދާފައިވާ "ދަމި އުން ގްރްރްރް" މި ބަސްކޮޅު އެ ކިޔާލާ އަޑުގެ ވެރިޔާއެވެ.
ލަވައިގެ މިއުޒިކް ޕްރޮޑިއުސަރ ފެންޓޮމެލް އަކީ އޭނާގެ އަސްލު ނަމެއް ނޫނެވެ. ނުވިތާކަށް މި މިއުޒިކް ޕްރޮޑިއުސަރަކީ އޭނާގެ މޫނުވެސް ދައްކާ ފަރާތެއް ނޫނެވެ. އަބަދުހެން ހުންނަނީ ކޮންމެވެސް ކަހަލަ މާސްކެއް އަޅައިގެންނެވެ. "ދަމި އުން ގްރްރްރް" ގެ ލަވައިގާ މާޝްމެލޯ ޖެލީކޮޅެއްކަހަލަ މާސްކެއް އަޅައިގެން އެހެރީވެސް އެހެންވެގެންނެވެ.
މި ލަވަޔަށް ޚިޔާލު ލިބުނީ ގޭމަކުން ކަމަށް ފެންޓޮމެލް ބުނެފައިވެއެވެ.
މި ލަވަ ވައިގާ ހިފުމަށް މެދުވެރިވި އެއް ޕްލެޓްފޯމަކީ ޓިކްޓޮކެވެ. ޓިކްޓޮކްގައި ގްރްރްފޭސްޗެލެންޖްގެ ހޭޝްޓެގާއެކު ވައިރަލްވާންފެށި "ދަމި އުން ގްރްރް"ޗެލެންޖުގައި ވަރުގަދަ ނުފޫޒަރުން ކަމުގައިވާ ޖޭސަން ޑެރޫލޯ އާއި ބެއްލާ ޕޯޗްވެސް ބައިވެރިވި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ އަޑުކޮޅު "ދަމި އުން ގްރްރްރް، އުން ކޭ؟" ހަތް މިލިޔަނަށްވުރެ ގިނަ ވީޑިއޯގައި ބޭނުންކުރެވިގެންދިޔައެވެ.
އެއަށްފަހު މި ލަވައާއި ގުޅޭ ތިން ހޭޝްޓެގެއްވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އަންނަނީ ވައިރަލް ވަމުންނެވެ.
އެއީ ގްރްރްރްޑާންސް އާއި އުންކޭރިއެކްޓްސް އާއި ތުކުތާތާޓިއުޓޯރިއަލްއެވެ.
މިހާރު މި ލަވަ އިންޓަނޭޝަނަލް ސެންސޭޝަނަކަށް ވެފައިވާއިރު ޑީޖޭތަކާއި ބޮޑެތި ރަސްމިއްޔާތުތަކުގައިވެސް މި މިއުޒިކް އެބަ ބޭނުންކުރަމުންދެއެވެ. އެގޮތުން އެންބީއޭ ގޭމްސް ތަކާއި ކައިވެނީގެ ހަފްލާތަކާއި ސިޔާސީ ރެލީތަކުގައިވެސް މި ލަވައެއް މިހާރު އެބަ ބޭނުންކުރެތެވެ.
މި ލަވައިގެ މަގްބޫލުކަން ދެން ޢަދަދުތަކުން ބަލައިލަމާ ހިނގާށެވެ.
ސްޕޮޓިފައިގައި މި ލަވަ 500 މިލިޔަން ފަހަރު، ޓިކްޓޮކް ވީޑިއޯސްތަކުގައި 10 މިލިޔަން ފަހަރު ޝަޒަމްގައި 22 ޤައުމެއްގައި އެއްވަނައިގާ، ރޭޑިއޯ ޕްލޭސްތަކަށް ބަލާއިރު ލިސްޓުތަކުގައިވެސް މި ލަވަ އުޅެނީ އެންމެ ކުރީގައެވެ.
ދެން މި ލަވައިގާ މި ކިޔާ އެއްޗަކަށް ކުރުކޮށް ބަލައިލަމާ ހިނގާށެވެ.
ސްޕެނިޝް ބަހުން ނަމަ "ދަމި އުން" މާނައަކީ އިނގިރޭސިން ބަލާނަމަ "އައި ލަވް ޓު" އެވެ. ދެން އެ ބުނާ ގްރްރްރް ގެ މާނަ އެކި މީހުން ނަގަނީ އެކި ގޮތަށެވެ. ސީދާ އެއަކު މާނައެއް ނެތްކަމަށް ބުރަވެވެއެވެ.
ދެން އުފެދޭ ސުވާލަކީ މި ލަވަ ކިހާ ދުވަހަކު ވައިރަލްކަންމަތީ ހިފަހައްޓަފާނެތޯ އުފެދޭ ސުވާލެވެ. ކިޔުންތެރިން މިކަމާއިމެދު ދެކެނީ ކިހިނެއްތޯ އެވެ!؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް